ފާފަކުރާ މީހުންނާއި ފާފަތައް ކުރަން ލޯބިކޮށް ފަތުރާ އަދި ހިތްވަރުދޭ މީހުންނަށް މިއޮތީ ﷲ ތަޢާލާގެ ގަދަފަދަ އިންޒާރެއް! ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ފާފަކުރާ މީހުންނާއި ފާފަތައް ކުރަން ލޯބިކޮށް ފަތުރާ އަދި ހިތްވަރުދޭ މީހުންނަށް މިއޮތީ ﷲ ތަޢާލާގެ ގަދަފަދަ އިންޒާރެއް! ބިރުވެތިވޭ!

ފާފަތައް ކުރުމަށް ލޯބިކޮށް އެކަންކަން ފަތުރަން ވާގިވެރިވާ މީހުން އަންނަނީ ގިނަވަމުންނެވެ. އެމީހުން ދެކޭ ގޮތުގައި އެންމެ ރަނގަޅަށް ވިސްނެނީ އެމީހުންނަށެވެ. ފާފަތައް ކަމުގައި ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ކަންކަމަށް ބަދަލު ގެނައުމުގެ އިޚްތިޔާރުވެސް އެމީހުންނަށް އޮވެއެވެ.

މިކަން އެންމެ ބޮޑަށް ފެންނާނެ އެއްކަމަކީ ޔުނިފޯމުގެ ނަމުގައި ބައެއް މުއައްސަސާތަކުގައި ވަޒިފާ އަދާކުރާ އަންހެން މުވައްޒިފުން ހެދުން އަޅުވާ ގޮތެވެ. އަޅުވާ ޔުނިފޯމެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.

"ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚީރަތްގައި ވޭންދެނިވި ޢަޛާބް އެމީހުންނަށް ހުށްޓެވެ. اﷲ ދެނެވޮޑިގެންވެތެވެ. އަދި ތިއަބައިމީހުންނަކަށް ނޭނގެތެވެ." (އައްނޫރު: 19)

ﷲ ތަޢާލާގެ ވަހީ ބަސްފުޅު ދޮގެއް ނުވާނެއެވެ! ބާރު ލިބުމުން ފާފަތައް ފަތުރަން ބޭނުންވެ އެކަމަށް މަގުފަހިކުރާ މީހުން ﷲ ތަޢާލާގެ ޤާނޫނުތައް ބަދަލުކުރަނީ ފާފަތައް ކުރާ މީހުންނަށް ދޭ އަދަބުތައް ޒަމާނަށް ފެއްތުމުގެ ނަމުގައެވެ. ﷲ ތަޢާލާ އިސްލާމް ދީނުގައި އަދަބުތައް ބާވައިލައްވަވާފައިވަނީ ހުރިހާ ޒަމާނަކަށެވެ. ހުރިހާ ޒަމާންތަކެއްގައި ދުނިޔެއަށް އަންނާނެ މީހުން ޢަމަލުކުރުމަށެވެ. އެޙުކުމްފުޅުތައް ހަމަ ބާވައިލެއްވެވި ގޮތަށް ހުރިހާ ޒަމާންތަކެއްގައިވެސް ތަންފީޒުކުރުމަށެވެ. ބާވައިލެއްވެވި ގޮތަށް ހުރިހާ ޒަމާންތަކެއްގައިވެސް ތަންފީޒުކުރުމަށެވެ.

ތަފާތު ފާފަތައް އެކި ގޮތް ގޮތަށް އިޝްތިހާރުކޮށް ފާފަތައް ފަތުރަން މަސައްކަތްކުރާ މީހުން އުޅެއެވެ. އީމާންވި މީހުންގެ ތެރޭގައިވެސް އެފަދަ މީހުން އުޅެއެވެ. އެމީހުންނަކީ ދެ ދުނިޔޭގައި ވެސް ގެއްލެނިވެގެންދާނެ ބައެއް ކަމުގެ ގަދަފަދަ އިންޒާރު ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.

ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ފާފަ ކުރުމާއި ނުކުރުމުގެ އިޚްތިޔާރާއި ބާރު ދެއްވަވައިފައެވެ. އެމީހަކަށް ބާރުތައް ލިބުމުން މިފަދަ ނުބައި އަމަލުތައް ކުރާ މީހުން އެކަމުގެ ހިތިކަން މިދުނިޔޭގައިވެސް ދަނީ ދެކެމުންނެވެ. އެމީހުންގެ ނިމުން ފެނިގެންދަނީ ނުހަނު ހިތާމަވެރިގޮތުގައެވެ. އެހެން އެކަން މެދުވެރިވާ ސަބަބު މިއޮތީ ކީރިތި ޤުރްއާނުން ހާމައަށް ފެންނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން