ދެދުނިޔޭގަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދޭނަމަ ހަމައެކަނި އަޅުކަންކުރުމަކުން ނުފުދޭނެ! ހަމަ އެހާ މުހިންމު ކަމެއް އެބައޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ދެދުނިޔޭގަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދޭނަމަ ހަމައެކަނި އަޅުކަންކުރުމަކުން ނުފުދޭނެ! ހަމަ އެހާ މުހިންމު ކަމެއް އެބައޮތް!: މުފްތީ މެންކް

ދީނުގައި އަންގަވާފައިވާ މަގުން އަޅުކަން ކުރަން އަހުރެމެން އެންމެންވެސް ވަރަށް ބޮޑު ސަމާލުކަމެއް ދެމެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއްވެސްމެއެވެ. އެހެނަސް އެވަރަކުން އަދި ނުފުދެއެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުން މަތީ ދަރަޖަ ލިބުމަށާއި ކުރާ މަސައްކަތާއި ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވުމަށް އެދޭމީހާ އެހެން މީހުންނަށް ހެޔޮކޮށް ހިތަން ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި އެކަންކުރަން އޮތީ އެެހން މީހުން ތިމާ އާއިމެދު ކަންކަންކުރާ ގޮތަށް ބަލައިގެނެއް ނޫނެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދި އެހެން މީހުންނަށް ހެޔޮކޮށް ހިތާ މީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ހުރިހާ ގޮތަކުންވެސް އިތުރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ. ވީމާ އެހެން މީހުންނަށް ހެޔޮކޮށް ހިތަންވީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ރަހްމަތަށް އެދިގެންނެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ތިމާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިގެންނެވެ.

- މުފްތީ މެންކް 

ތިބާ ދެކެ ކިތަންމެ ބޮޑަށް ރުޅިއައިސްގެން ހުރި މީހަކު ނަމަވެސް ތިބާގެ ކިބައިން ކަމަކު އެދިއްޖެނަމަ އަވަހަށް އެކަމެއް ކޮށްދެވޭތޯ ބަލާށެވެ. ދަތިޙާލުގައި އުޅޭކަން އެނގިއްޖެނަމަ ފޯރުކޮށްދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދޭށެވެ. ބަލިޙާލެއްގައި އުޅޭނަމަ ޙާލު ބަލައި އެހީތެރިވާށެވެ! އެއިރުން ތިބާއަށް އެކަމުގެ ބަދަލު މާފުރިހަމއަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ

މިއަދު އޮންލައިން