އަންގާރަ ދުވަހު ކުރި ވިއްސާރާގައި މާލޭގެ ގެތަކަށް ލިބުނު ގެއްލުމުގެ ޑެމޭޖް އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ބުނެފިއެވެ.
މި މަސައްކަތުގެ ތެރެއިން، މާލެ ސިޓީގައި ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ގޭބިސީތަކަށް ޒިޔާރަތްކުރުމަށް 11 ޓީމެއް ހަރަކާތްތެރިވާނެ ކަމަށް އެން.ޑީ.އެމް.އޭ އިން ބުނެފައިވެއެވެ. އެސެސްމަންޓް ހެދުމަށްފަހު، ސަރުކާރުން ކަނޑައަޅާފައިވާ ރިލީފް ގައިޑްލައިންގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
އަންގާރަ ދުވަހު ކުރި ވިއްސާރާގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ބައެއް ރަށްތަކާއި މާލެ ސިޓީގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މި ގޮތުން، ވިއްސާރާގައި ފެންބޮޑުވެގެން ހޯމަ ދުވަހު 9 ރަށަކުން އެން.ޑީ.އެމް.އޭ އަށް ރިޕޯޓްކުރިއެވެ. އެއީ ސ.މަރަދޫ، ސ.ފޭދޫ، ސ.ހިތަދޫ، ގއ.ދެއްވަދޫ، ޅ.ނައިފަރު، ޅ.ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ.ބާރަށް، އަދި ހއ.ދިއްދޫ އެވެ.
މި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަނެ، އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެން.ޑީ.އެމް.އޭ އިން މަސައްކަތްކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.