"ތިޔަބައިމީހުން ﷲ އަށް ދުޢާ ކުރާށެވެ. އަދި ދުޢާ އިޖާބަ ކުރައްވާނޭކަމުގެ ޔަޤީންކަމާއެކު ތިޔަބައިމީހުން ދުޢާ ކުރާށެވެ."- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
"ތިޔަބައިމީހުން ﷲ އަށް ދުޢާ ކުރާށެވެ. އަދި ދުޢާ އިޖާބަ ކުރައްވާނޭކަމުގެ ޔަޤީންކަމާއެކު ތިޔަބައިމީހުން ދުޢާ ކުރާށެވެ."- ޙަދީޘް

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް ދުޢާކުރެވެނީ ޢިޖާބަކުރައްވަވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތިއެވެ. ޔަޤީންކަމާއިއެކު ދުޢާކުރާ ގިނަ ބައކަށްވެސް ވަޤުތުން ދުޢާ ޢިޖާބަ ނުކުރެއްވެވިނަމަ ތިބެވެނީ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމެއް ނެތިއެވެ. އެފަދަ މީހުން މިޙަދީޘްފުޅަށް ވިސްނައިލާށެވެ! 

މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ.

اُدْعُوْا اللَّهَ وَأَنْتُمْ مُوْقِنُوْنَ بِالْإِجَابَةِ ) [رواه الترمذي ٣٤٧٩ صحيحه الألباني]

މާނައީ: " ތިޔަބައިމީހުން ﷲ އަށް ދުޢާ ކުރާށެވެ. އަދި ދުޢާ އިޖާބަ ކުރައްވާނޭކަމުގެ ޔަޤީންކަމާއެކު ތިޔަބައިމީހުން ދުޢާ ކުރާށެވެ." 

- ޙަދީޘްއާ މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން