ދެއްވަވާ ނިޢުމަތްތަކަށް ޝުކުރު ނުކުރަމަކީވެސް އިންސާނާގެ ހިތް ފަސާދަވާ ސަބަބެއް-

ކިޔުމަށް ހޭދަވާނީ 2މ 56ސ
ދެއްވަވާ ނިޢުމަތްތަކަށް ޝުކުރު ނުކުރަމަކީވެސް އިންސާނާގެ ހިތް ފަސާދަވާ ސަބަބެއް-

ޢާއިޝަތު ރަފާޙް ޢަލީ

 

އިންސާނާގެ ހިތް ފަސާދަވާ ސަބަބުތަކުގެ ތެރޭގައި ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކަށް ޝުކުރު ނުކުރުން ހިމެނެއެވެ.   

ﷲ ތަޢާލާ އިންސާނުންނަށް ވަރަށް ގިނަ ނިޢްމަތްތައް ދެއްވައެވެ. އެގޮތުން ނަޙްލު ސޫރަތުގެ 78 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَاللَّهُ أَخْرَجَكُم مِّن بُطُونِ أُمَّهَاتِكُمْ لَا تَعْلَمُونَ شَيْئًا وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۙ لَعَلَّكُمْ تَشْكُرُونَ ﴿٧٨﴾‏

މާނައީ: "ތިޔަބައިމީހުންނަށް އެއްވެސް އެއްޗެއް ނޭނގޭގޮތުގައިވާ حال، ތިޔަބައިމީހުންގެ މައިންގެ ބަނޑުން، ތިޔަބައިމީހުން ނެރުއްވީ اللَّه އެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ. އެއީ ތިޔަބައިމީހުން، شكر ކުރުމަށްޓަކައެވެ. (78)" 

ނިޢްމަތްތަކަށް ޝުކުރުވެރިވާނަމަ ނިޢްމަތްތައް އިތުރު ކުރައްވާއެވެ. ﷲ ތަޢާލާ މޫސާގެފާނަށް ވަޙީ ކުރައްވައެވެ. 

ﷲ ތަޢާލާ އަޢްރާފް ސޫރަތުގެ 144 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قَالَ يَا مُوسَىٰ إِنِّي اصْطَفَيْتُكَ عَلَى النَّاسِ بِرِسَالَاتِي وَبِكَلَامِي فَخُذْ مَا آتَيْتُكَ وَكُن مِّنَ الشَّاكِرِينَ ﴿١٤٤﴾‏

މާނައީ: "އެކަލާނގެ وحى ކުރެއްވިއެވެ. އޭ موسى ގެފާނެވެ! ތިމަންރަސްކަލާނގެ رسول ކަމާއި، އަދި ބަސް وحى ކުރެއްވުމުން މީސްތަކުންގެ މައްޗަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު خيار ކުރައްވައިފީމެވެ. ފަހެ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ކަންކަމުގައި ހިފަހައްޓަވާށެވެ! އަދި شكر ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! (144)" 

ﷲ ތަޢާލާގެ ނިޢްމަތްތަކަށް ޝުކުރުވެރި ވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި: ﷲ ތަޢާލާއަށް ގިނަގިނައިން ޙަމްދުކުރުން، ތަޞްބީޙަކިޔުން، ގިނަގިނައިން ސަޖިދަކުރުން، ފާފަތަކުން ދުރުހެލިވުމާއި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ޢަމަލުތައް އިތުރުކުރުމާއި އިސްތިޢްފާރް ކުރުން ހިމެނެއެވެ.

މިއަދު އޮންލައިން