މަސައްކަތް ހުންނަ ގޮތުން ބައެއް ދުވަސްތަކުގަ ޟުޙާ ނަމާދު ނުކުރެވުނަސް މާޔޫސްނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
މަސައްކަތް ހުންނަ ގޮތުން ބައެއް ދުވަސްތަކުގަ ޟުޙާ ނަމާދު ނުކުރެވުނަސް މާޔޫސްނުވާށެވެ!

ސުންނަތް ނަމާދުތައް ކުރަން ފެށުމަކީވެސް ދެވިހިފާ ކަމެކެވެ. އެއިރުން ކޮންމެ ސަބަބެއް ދިމާވެގެން ނަމަވެސް ނުކުރެވިއްޖެނަމަ ވަރަށް ދެރަވާނެއެވެ. ހިތް ނުތަނަވަސްވާނެއެވެ. އެހެންކަމާއިއެކުވެސް ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އަވަދިނެތި އުޅެންޖެހޭތީ ނުކުރެވިވެސް ދެއެވެ.

ޢުޛުރު މެދުވެރިވެގެން ނުކުރެވޭ މީހުންނަށް ޑރ. އިޔާޟް ދެއްވާފައިވަނީ ވަރަށް އުފާވެރި ޖަވާބެކެވެ!

"ޟުޙާ ނަމާދު ކޮންމެ ދުވަހަކު ކުރުން ލާޒިމެއް ނޫނެވެ. ވަގުތު ހުންނަ ގޮތުން ނުކުރެވިއްޖެ ނަމަ ޤަޟާ ވެސް ކުރެވިދާނެއެވެ. އަދި އެއީ ވެސް ލާޒިމް ކަމެއް ނޫނެވެ.

އަނެއް ނަމާދަށް ބަންގި ގޮވުން ފަދަ ޙާލަތެއް މެދުވެރިވެގެން ރަވާތިބު ސުންނަތް ނުކުރެވިއްޖެ ނަމަ ޤަޟާ ކުރެވިދާނެއެވެ!"

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން