އައްޑޫގެ ޓޫރިޒަމަށް ހާއްސަކޮށްގެން ބާއްވާ "ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
އައްޑޫގެ ޓޫރިޒަމަށް ހާއްސަކޮށްގެން ބާއްވާ "ޑެސްޓިނޭޝަން އައްޑޫ ސަމިޓް" ފަށައިފި

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން، އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް ހުރި ހުރަސްތަކާއި ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ބާއްވާ "ޑެސްޓިނޭޝަން އައްޑޫ ސަމިޓް" މިއަދު ފަށައިފިއެވެ.

ގަމުގެ އީކްއޭޓަ ވިލެޖްގެ ބްލޫ ނެގޫންގައި ކުރިއަށްދާ މި ސަމިޓްގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ. މީގެ އިތުރުން، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އައްޑޫގެ މަޖިލިސް މެންބަރުން ވެސް މި ސަމިޓްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ސަމިޓްގައި އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކުރުމާއި، އައްޑޫގައި ޓޫރިޒަމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ދާއިރާ ކުރިއަރުވައި ފުޅާކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ސަމިޓަކީ އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ. އަދި މި ސަމިޓުން އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ހިތްވަރަކާއި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

މިއަދު އޮންލައިން