ޤިޔާމަތަށް ދާންދެން ހުންނަން ޖެހޭނީ ބިމުގެ އަޑިއަށް ގެނބިގެނބިކަން އެނގޭއިރުވެސް މަކަރާ ޙީލަތުން ނިކަމެތިންގެ ބިންކޮޅު ހޯދަން ބިރުނުގަންނަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 27ސ
ޤިޔާމަތަށް ދާންދެން ހުންނަން ޖެހޭނީ ބިމުގެ އަޑިއަށް ގެނބިގެނބިކަން އެނގޭއިރުވެސް މަކަރާ ޙީލަތުން ނިކަމެތިންގެ ބިންކޮޅު ހޯދަން ބިރުނުގަންނަނީތަ؟

އަޅުގަނޑުމެންގެ ތިބީ 3 ބެއިންނެވެ. 2 ފިރިރހެންކުދިންނާއި އަންހެން ކުއްޖެކެވެ. 3 ބެއިންވެސް ވަރަށް ކުޑައިރު ބައްޕަ ނިޔާވެއްޖެއެވެ. 3 ބެއިން ބޮޑުވެ ތަޝައްރަފް ފުދިގެން ކަންކަން ބެލިއިރު ބައްޕަގެ ގޯތި ބަހާފައިވަނީ 3 ބެއިންނަށްވުރެ ބޮޑުބައެއް ވާރުތަވެރިޔާއަށް ލިބޭ ގޮތަށެވެ. އެހެންވެ އަޅުގަނޑުގެ ސުވާލަކީ ޙައްޤު ނޫން ގޮތުގައި ބިން ފޭރުމަކީ ކޮންކަހަލަ ކަމެއްތޯ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކިޔުންތެރިޔާ ތިއަ ކުރައްވާ ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެކަމަށް އުންމީދުކުރާ ކަމަށެވެ. ޙަދީޘްފުޅުވެސް ވިދާޅުވެލައްވާށެވެ.  

ކިރިޔާވެސް ބިންކޮޅެއް ލިބޭނެ ކަމުގެ ކޮޅު ފެނިލާއިރަށް ގިނަ ބައަކު ފުރަތަމަވެސް ވިސްނަނީ ފަނޑިޔާރުންނަށް ރިޝްވަތުދީގެންނަމަވެސް އެހެން ގޮތަކުން ނަމަވެސް ބިމުން ލިބޭބައި ކިތަންމެ ކުޑަ ތަންކޮޅެއް ނަމަވެސް ބޮޑުކޮށްލެވޭތޯއެވެ. ދުނިޔޭގައި މީހުން ގިނަވުމުގެ ސަބަބުން ބިން މިހާރުވެފައިވަނީ ރަނަށެވެ! ކިތަންމެ ގިނައިން ބިން ލިބުނު ނަމަވެސް ހިތް ފުރޭ މީހަކު ނުއުޅެއެވެ. އަަބަދުވެސް އޮންނަނީ އިތުރަށް ބިން ބޭނުންވެފައެވެ. 

މިއީ ހަމަ ރަން ލިބުނު ނަމަވެސް އެކަންވާނެ ގޮތެވެ! ރަނުގެ ފަރުބަދައެއް ލިބުނު ނަމަވެސް އިތުރު ފަރުބަދައަކަށް ބޭނުންވާނެއެވެ! ކަދުރުރުކުގެ ވާދީއެއް ލިބިއްޖެ ނަަމ ދެވަނަ ވާދީއަކަށް އެދޭނެއެވެ! ކިތަންމެ ގިނައިން ލިބުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ! މިއީ ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ.  

ތަޤްވާވެރިން މެނުވީއެވެ! ތަޤްވާވެރިން އަބަދުވެސް ތިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަށް ފުދި އިތުރުވެގެން ޝުކުރުކޮށްގެންނެވެ!

ނުޙައްޤުން ބިން ހޯދުން ޢާންމުވަމުން އަންނައިރު އެފަދަ މީސްމީހުން މި ޙަދީޘްފުޅަށް ވިސްނައިލާނެ ނަމައެވެ. ޙައްޤު ނޫން ގޮތުގައި މީހެއްގެ އަތުން ކިތަންމެ ކުޑަ ނަމަވެސް ބިންކޮޅެއް ލިބިގެންފި މީހާ ޤިޔާމަތާއި ހަމައަށް ހުންނާނީ 7 ބިމުގެ އަޑިއަށް ގެނބިގެނބި ކަމަށް އޮތް ޙަދީޘްފުޅެވެ.  

(2454) The sin of him who usurps the land of others

حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، ‏‏‏‏‏‏حَدَّثَنَا عَبْدُ اللَّهِ بْنُ الْمُبَارَكِ، ‏‏‏‏‏‏حَدَّثَنَا مُوسَى بْنُ عُقْبَةَ، ‏‏‏‏‏‏عَنْ سَالِمٍ، ‏‏‏‏‏‏عَنْ أَبِيهِ رَضِيَ اللَّهُ عَنْهُ، ‏‏‏‏‏‏قَالَ:‏‏‏‏ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:‏‏‏‏ "مَنْ أَخَذَ مِنَ الْأَرْضِ شَيْئًا بِغَيْرِ حَقِّهِ خُسِفَ بِهِ يَوْمَ الْقِيَامَةِ إِلَى سَبْعِ أَرَضِينَ". قَالَ عَبْدِ اللهِ:‏‏‏‏ هَذَا الْحَدِيثُ لَيْسَ بِخُرَاسَانَ فِي كِتَابِ ابْنُ الْمُبَارَكِ أَمْلاهُ عَلَيْهِم بِالْبَصْرَةِ. 

Narrated Salim's father (i.e. `Abdullah): The Prophet said, Whoever takes a piece of the land of others unjustly, he will sink down the seven earths on the Day of Resurrection.

REFERENCE:

Sahih Al Bukhari 1: Chapter 47, Hadith 2454 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން