އެހެން މީހުން ނިދުމުން އޮންނަ ވަޤުތު: ކަމުގެ ތެރެއަށް ވަދެވި އެންމެ ބޮޑަށް ހިތްހަމަޖެހިގެން ޤުރްއާން ކިޔެވޭނެ ވަޤުތު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެހެން މީހުން ނިދުމުން އޮންނަ ވަޤުތު: ކަމުގެ ތެރެއަށް ވަދެވި އެންމެ ބޮޑަށް ހިތްހަމަޖެހިގެން ޤުރްއާން ކިޔެވޭނެ ވަޤުތު!

ދުވާލުގެ ވަގުތުތަކުގައި އެތައް ބައިވަރު މަސައްކަތްތަކެއް ކުރުމުގެ ތެރޭގައި އުޅެންޖެހޭއިރު އެކަންކަމުގެ ފިކުރުތައް ސިކުނޑީގައި އެނބުރޭނެއެވެ. އެކަމުގެ ސަބަބުން ކީރިތި ޤުރްއާން ކިޔެވިނަމަވެސް ކިޔަވާ އެއްޗަކަށް ދެވޭ ސަމާލުކަން ކުޑަވާނެއެވެ!  

ކީރިތި ޤުރްއާން ކިޔެވުމުގެ ފުރިހަމަ ހިތްޖެހުން ގިނަބައަކަށް ލިބިގެންދަނީ ރޭގަނޑުގެ ވަގުތުތަކުގައި ކިޔެވުމުންނެވެ. މާނައަކީ މީސްތަކުން ނިދައި އަޑުތައް މަވުމުން ތެދުވެ ކިޔެވުމުންނެވެ.  

ރޭގަނޑުވުމުން ސިކުނޑިއަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެއެވެ. އެދުވަހު ކުރަން ހުރި މަސައްކަތްތައް ނުކުރެވިގެން ސިކުނޑިއަށް ލިބޭ ބުރަކަމުން ސަލާމަތްވެވޭނެއެވެ! ވީމާ ރޭގަނޑުގެ ވަގުތުތަކުގައި ކިޔެވުމުން ކިޔެވުމަށް ދެވޭ ސަމާލުކަން އިތުރުވެގެންދާނެއެވެ!  

އިރާކޮޅުގެ ވަގުތުގައި ނަމަވެސް މެންދަމުގެ ވަގުތުގައި ނަމަވެސް އަދި ފަތިސް ވަގުތުގައި ނަމަވެސް ކީރިތި ޤުރްއާން ކިޔަވާށެވެ! ބޮޑަށް ރަނގަޅީ މެންދަމާއި ފަތިސް ވަގުތެވެ! އެހެނީ އެވަގުތުގައި މަގުމަތިން އިވޭ އަޑުތައްވެސް މަދުވާނެތީއެވެ. ކިޔަވާއިރު އިތުރު އަޑުތައް ނުއިވުމަކީ ކިޔަވާ އެއްޗަކަށް ދެވޭ ސަމާލުކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ.  

ހަމަ އެއާއެކު އެންމެ 2 ރަކްޢަތް ނަމަވެސް ކޮށްލައި އިރުކޮޅަކު ނަމަވެސް ޤުރްއާން ކިޔަވައިލުމުން އެއޮތީ ރޭއަޅުކަން ކުރެވިފައެވެ. މިހުންނަނީ ނަގާލަން ހެޔޮވާނެ ފުރުޞަތުތަކެއް ނޫނެވެ. ދުވަހުގެ ތާވަލަށް ލައިގެން ކުރަން މަސައްކަތްކޮށްފިނަމަ ނުކުރެވޭނެ ވަރުގެ ބުރަކަމެއްވެސް ނޫނެވެ. އޮތީ ހިތްވަރުކޮށްލުމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން