މިހާރަކަށް އައިސް ވަރަށް ގިނަ ގްރޫޕްތަކުން ޢުމްރާއަށް މީހުން ގެންދެއެވެ. މެދުކްނޑުމެއް ނެތި ދަތުރުތައް ކުރެއެވެ. އަދި ގިނަ ބައަކު އެދިއްޖެނަމަ އެބައަކަށް ޚާއްޞަކޮށްގެން ދަތުރުތައްވެސް ހަމަޖައްސައެވެ.
ތަނަވަސްކަން އަދި ނެތުމުންނާއި އެހެންވެސް ސަބަބުތަކާއިހުރެ ޢުމުރާޢަށް އަދި ދެވެން ނެތް ނަމަ ތިރީގައިވާ ލިޔުން ވިދާޅުވެލައިފިނަމަ ހާދަހާ ފައިދާއެއް ކުރާނެއެވެ!
ދެން އޮތްބައި ދަރުސުން ވިދާޅުވާށށެވެ!:
އެހެން މީހުން ކަންނެތްވެ ނިދާފައި ތިއްބައި ތިބާ އަމިއްލައަށް ހޭލައިގެން އަދި މީހަކު ގޮވީމާ ނަމަވެސް ހޭލައިގެން ﷲ ތަޢާލާއަށް ލޯބިން ކުރާ އަޅުކަމަށް ﷲ ތަޢާލާ ދެއްވަވާ ސަވާބާއި ދަރުމަ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ! ރޭގަނޑުގެ ވަގުތުތަކުގައި ހޭނުލެވޭނަމަ ފަތިސް ނަމާދަށްފަހު އިރުއަރަންދެން ކީރިތި ޤުރްއާނާއިއެކު ވަގުތު ހޭދަކުރާށެވެ! ނުވަތަ ޛިކުރުކުރުން ފަދަ އަޅުކަމެއްގައި ވަޤުތު ހޭދަކުރާށެވެ!
ޖަމާޢަތުގައި ފަތިސް ނަމާދުކޮށްގެން އިރުއަރަންދެން ކީރިތި ޤުރްޢާން ކިޔެވުމާއި ޛިކުރުކުރުމުގައި ވަގުތު ހޭދަކޮށް، އިރު އަރައި 10 ވަރަކަށް ފަނަރަވަރަކަށް މިނިޓްވުމުން (ލޮންސިއެއްގެ މިންވަރަށް އިރުއެރުމުން) ޞުޙާ ނަމާދުކޮށްފިނަމަ އެމީހަކަށް ޙައްޖަކާއި ޢުމުރާއެއްގެ ސަވާބު ދެއްވަވަތެވެ! ގޭގައި ނަމާދުކުރާ އަންހެނުންނަށްވެސް ބަންގިގޮވުމުން ފަތިސް ނަމާދުކޮށް މިބުނި ފަދައިން ކަންތައް ކޮށްފިނަމަ ހަމަ އެ ނިޢްމަތް ދެއްވަވާނެ ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.
މިމަތިވެރި ސަވާބު ލިބިގަތުމަށްޓަކައި ފަތިސް ނަމާދުގެ ބަންގިން ފެށިގެން ޖުމުލަ ހޭދަކުރަން ޖެހޭނީ ދޮޅުގަޑިއެއްހައި އިރެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން