ބައިވެރިޔާގެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ނުވެގެން ވަރިކުރާއިރު / ވަރިވާއިރު ތިމާގެ ހުރިހާ ކަމެއް ފުރިހަމަތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ބައިވެރިޔާގެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ނުވެގެން ވަރިކުރާއިރު / ވަރިވާއިރު ތިމާގެ ހުރިހާ ކަމެއް ފުރިހަމަތަ؟

ހުރިހާ ކަންކަން އެންމެ ފުރިހަމަ އެކަކުވެސް ދުނިޔޭގައި ނެތްއިރު އަދި ނުވެސް ހުންނާނެއިރު ތިމާގެ ބައިވެރިޔާގެ ކިބައިން ހުރިހާ ކަމެއް އެންމެ ފުރިހަމަވުމަށް އެދެވޭނީ ކިހިނަކުންހެއްޔެވެ؟ 

އަހުރެންގެ ގާތަށް ލަފާ ހޯދަން އަންނަ ބައެއް މީހުން ދައްކާ ވާހަތައް އަޑުއަހަމުން ގެންދާއިރު ބައިވެރިޔާގެ ކިބައިން ފުރިހަމަނުވާކަމަށް އެމީހުން ބުނާ ބައެއް ކަމަކީ އެއިގެ ޒާޡާތަށް ބަލައިފިނަމަ އެއްވެސް ކަންކަމެއްވެސް ނޫނެވެ. އަދި ބައިވެރިޔާގެ ކިބައިން ފުރިހަމަވާ ކަންކަން މާގިނަވެފައި ބުރަދަންމާބޮޑެވެ. 

އަހުރެންނަށް ވިސްނޭ ގޮތުން ކޫސަނި ކަންކަން މިހައި ބޮޑެތި މައްސަލަތަކުގެ ގޮތުގައި ވިސްނެނީ އެކުގައި ގެންގުޅެވޭ އެކުވެރިންގެ ސަބަބުންނެވެ. އެބާވަތުގެ ކަންކަމުގެ ވާހަކަ އެކުވެރިންނަށް ޙިއްޞާކުރުމުން އެއީ މާބޮޑެތި މައްސަލަތަކުގެ ގޮތުގައި ވިސްނައިދެނީއެވެ. 

ޝަކުވާ ހިފައިގެން އަންނަ މީހުންނަށް އެކަން ވިސްނައިދިނުމުން ގިނަބައަކު އެކަން ޤަބޫލުކުރެއެވެ. އަދި ކަންކަން އިޞްލާޙްވެސް ކުރެއެވެ. އެހިށާބުން އުފަލުގައި ދިރިއުޅެވެންވެސް ފަށައެވެ. 

އަހުރެންގެ ސުވާލަކީ ފަށަމުން ވެސް ކުރި ސުވާލެވެ. ހުރިހާ ކަންކަން އެންމެ ފުރިހަމަ އެކަކުވެސް ދުނިޔޭގައި ނެތްއިރު އަދި ނުވެސް ހުންނާނެއިރު ތިމާގެ ބައިވެރިޔާގެ ކިބައިން ހުރިހާ ކަމެއް އެންމެ ފުރިހަމަވުމަށް އެދެވޭނީ ކިހިނަކުންހެއްޔެވެ؟ ހަމައެއާއިއެކު ތިމާގެ ކިބައިގައި ހުރި އުނިސިފަތަކާއިމެދު ވިސްނާލަމުހެއްޔެވެ؟ 

މިދެ ސުވާލާއިމެދު ފުންކޮށް ވިސްނާލައިފިނަމަ ޖެހޭ ކުދިކުދި ކަންކަމަށް ކަންބޮޑުވެ ވަރިކުރަން ނުވަތަ ވަރިވާންޖެހުން ބޮޑުތަނުން މަދުވެގެންދާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން