ޢާންމުކޮށް ކުރަމުން އަންނަ ހެޔޮކަމެއް ކަންދިމާވިގޮތުން ނުކުރެވުނަސް މާޔޫސްވެ ކަރުއެލުވައިނުލާށެވެ! ސަބަބު ﷲ ދެނެވޮޑިގެންވެއެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޢާންމުކޮށް ކުރަމުން އަންނަ ހެޔޮކަމެއް ކަންދިމާވިގޮތުން ނުކުރެވުނަސް މާޔޫސްވެ ކަރުއެލުވައިނުލާށެވެ! ސަބަބު ﷲ ދެނެވޮޑިގެންވެއެވެ.

ﷲ ތަޢާލާ ތިބާ ދެކެ ލޯބިވެވޮޑިގަންނަވަނީ ހަމަ އެކަނި ތިބާ ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުވުމަކުން ނޫނެވެ! އެހެނީ ތިބާއަށް ކާމިޔާބުކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން އެކަލާނގެ މާމޮޅަށް ދެނެވޮޑިގެންވެއެވެ.

ކުޑަކުޑަ މިސާލެއް ބުނެލާނަމެވެ. ޟުޙާ ނަމާދު ޤަވާއިދުންކުރަން ތިބާ ބޭނުންވެއެވެ. އެކަމަށް މަސައްކަތްވެސް ކުރެއެވެ. ނަމަވެސް ތިބާއަށް އަދާކުރަންޖެހޭ ވަޒީފާގެ ގޮތުން ބައެއް ދުވަސްދުވަހު ޟުޙާނަމާދުގެ ވަގުތުގައި ނުކުރެވެނީއެވެ.

ދެރަވެ މާޔޫސްނުވާށެވެ! ތިބާއެކަމަށް ކުރިމަސައްކަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ކުރަން ބޭނުންވި މިންވަރުވެސް ދެނެވޮޑިގެންވެއެވެ. ނުކުރެވި ވަގުތު ފާއިތުވެއްޖެނަމަ ޤަޟާކޮށްލާށެވެ! އެއީ ލަދުވެތިވާންވީ ނުވަތަ ދެރަވާންވީވެސް ކަމެއް ނޫނެވެ.

ޔަޤީންކުރާށެވެ! ބައެއް ޙާލަތްތަކުގައި ތިބާ ފޭލްވިނަމަވެސް އެކަލާނގެ ތިބާދެކެ ލޯބިވެވޮޑިގަންނަވަތެވެ! ވީމާ ކުރާ ކޮންމެ ކަމެއް ކާމިޔާބުކުރަން ޖެހޭނެ ކަމަށް ބަލައި ﷲ ގެ މަގާ ދުރުނުވާށެވެ! 

ﷲ ތަޢާލާ ރުހިވޮޑިގަންނަވާ، ހުއްދަކުރައްވަވާފައިވާ ކޮންމެ ކަމެއް ނަމަވެސް އިޙްސާންތެރިކަން އިސްކޮށްގެން ކުރާނަމަ ﷲ ތަޢާލާގެ ލޯބިވޮޑިގަތުން ދާނީ އަބަދުވެސް ލިބެމުންނެވެ! އިން ޝާ ﷲ 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން