މިއާޔަތްތަކުން ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް ޙައްލުލިބި ހިތުގައިވާ ނުތަނަވަސްކަން ފިލުވައިލެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
މިއާޔަތްތަކުން ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް ޙައްލުލިބި ހިތުގައިވާ ނުތަނަވަސްކަން ފިލުވައިލެވޭނެ! އިން ޝާ ﷲ

ގިނަ ބައަކަށް ކަންބޮޑުވެވި އަދި ހިތަށް ނުތަނަވަސްކަން ލިބެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކާއި ބީރަޓެހިކަން ބޮޑުވާތީއެވެ. ޤުރްޢާން ކިޔެވި ނަމަވެސް މާނަ ނުކިޔާތީއެވެ. ކީރިތި ޤުރްއާނުގެ މާނަކިޔާނަމަ ކަންބޮޑުވުންތަކާއި ހިތަށް ލިބޭ ނުތަނަވަސްކަން ބޮޑުތަނުން ކުޑަކުރެވި އުފަލުގައި ހުރެވޭނެއެވެ. 

ތިބާ ކޮންމެ ދުވަހަކު ކީރިތި ޤުރްއާން ކިޔަވަން ވަޤުތު ހޭދަކުރާ ފަދައިން ޚީރިތި ޤޔުރްއާނުގެ މާނަ ކިޔައިލަންވެސް ވަޤުތުކޮޅެއް ހޭދަކުރާށެވެ! އެކަމުގެ ހިތްހަމަޖެހުން އިސާހިތަކު ލިބެންފަށާނެއެވެ. އިން ޝާ ﷲ 

ތިރީގައިވާ ލިޔުމަށް ބަލައިލިނަމަވެސް މިކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ.   

• އަހަރެން ބުނީމެވެ.

"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާ މިވަނީ ނުހަނު ބޮޑު މުސީބާތެއްގައެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"...ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ..." (ޤުރްއާން 39:53) 

• އަހަރެން ބުނީމެވެ.

"ޔާ ﷲ. މިއަޅާ މިވަނީ މާޔޫސްވެފައެވެ.

- އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

"އެއުރެންނީ އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަ ކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަ ކުރުމުން ނޫން ހެއްޔެވެ؟" (ޤުރްއާން 13:28)

• އަހަރެން ބުނީމެވެ.

"ޔާ ﷲ. ވަރަށް ގިނަ މީހުން މިއަޅާއަށް ދެރަ ދީފިއެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"...ތިޔަބައިމީހުން ޢަފޫކޮށް، މާފުކޮށް، އަދި ކުށަކަށް ނުހަދައިފިނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (ޤުރްއާން 64:14) 

• އަހަރެން ބުނީމެވެ.

"ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޯ. މިއަޅާއަކީ އެކަނިވެރިއެއް ކަމުގައި މިއަޅާއަށް އިޙުސާސް ވެއެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"..އަދި އޭނާގެ ނަފްސު އޭނާއަށް ވަސްވާސްދޭ ކަންތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި އޭނާގެ ކަނދުރާގެ މައިނާރަށްވުރެވެސް ތިމަންރަސްކަލާނގެ އޭނާޔާ ކުއްތަންވެ ވޮޑިގަތުން ބޮޑެވެ." (ޤުރްއާން 50:16)

• އަހަރެން ބުނީމެވެ.

"ޔާ ﷲ. މިއަޅާގެ ފާފަތައް ނުހަނު ގިނަގުނައެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"... ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކު ހެއްޔެވެ؟..." (ޤުރްއާން 3:135) 

• އަހަރެން ބުނީމެވެ.

"ޔާ ﷲ. މިއަޅާ ދޫކޮށް ނުލައްވާފާނދޭވެ!"

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަ ކުރައްވާ ހުށީމެވެ..." (ޤުރްއާން 2:152) 

• އަހަރެން ބުނީމެވެ.

"ޔާ ﷲ. ދިރިއުޅުމުގައި މިއަޅާއަށް ވަރަށް ގިނަ ދަތި އުނދަގޫތަކާއި އެބަ ކުރިމަތިވެއެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"... އަދި ﷲ އަށް ތަޤްވާވެރިވާ މީހާ ދަންނާށެވެ. އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ." (ޤުރްއާން 65:2) 

• އަހަރެން ބުނީމެވެ.

"ހައްދަވާ ބޮޑުކުރެެއްވި ރަސްކަލާކޯ. މިއަޅާ ފުރިހަމަ ކުރަން ބޭނުންވާ ވަރަށް ގިނަ ހުވަފެންތަކެއް ވެއެވެ."

- އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

"... ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާ ހުށީމެވެ..." (ޤުރްއާން 40:60) 

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

"ތިމަންރަސްކަލާނގެ ޤުރްއާނުން މުޢުމިނުންނަށް ރަޙްމަތާއި ޝިފާ ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ..." (ޤުރްއާން 17:82)

 

މިއަދު އޮންލައިން