ޤަޟާޤަދަރަށް އީމާންވުން-

ކިޔުމަށް ހޭދަވާނީ 3މ 8ސ
ޤަޟާޤަދަރަށް އީމާންވުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ސުބްހާނަހޫގެ ގަޟާ ގަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. 

އެގޮތުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޡް ކުރައްވާފައިވެއެވެ. 

(أنْ تُؤْمِنَ باللَّهِ، ومَلائِكَتِهِ، وكُتُبِهِ، ورُسُلِهِ، والْيَومِ الآخِرِ، وتُؤْمِنَ بالقَدَرِ خَيْرِهِ وشَرِّهِ)

"ﷲ ތަޢާލާއަށް އީމާންވުމާއި، މަލާއިކަތުންނާށް އީމާންވުމާއި، ފޮތްތަކަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ." 

ގަޟާ ގަދަރުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކުގެ ތެރޭގައި: 

· ﷲ ތަޢާލާއަކީ ހުރިހާ ކަމެއްގެ ޢިލްމު ލިބިވޮޑިގެންވާ ފަރާތްކަމަށް ގަބޫލުކުރުން ހިމެނެއެވެ. އެގޮތުން ﷲ ތަޢާލާއީ މުޅި ދުނިޔެއާއި ދުނިޔޭގައި ވާހާ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އިންސާނުންނަށް ނޭނގޭ އެތައް ޢިލްމެއް ﷲ ތަޢާލާ ދެނެވޮޑިގަންނަވައެވެ.

ﷲ ތަޢާލާ ޙަޝްރު ސޫރަތުގެ 22 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ ﴿٢٢﴾‏ 

މާނައީ: އެކަލާނގެއީ، اللَّه އެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވާ ރަސްކަލާނގެއެވެ. ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ، رحمن ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. (22) 

· ﷲ ތަޢާލާ ބައެއް މީހުންނަށް މުއްސަނދިކަން ދެއްވާ އަނެއްބައި މީހުން ފަޤީރުން ކަމުގައި ލައްވައެވެ. އެހެންކަމުން އަޅުގަނޑުމެން ހުރިހާ އިންސާނުންވެސް ގަޟާ ގަދަރަށް އީމާންވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. 

ﷲ ތަޢާލާ ޒުމަރު ސޫރަތުގެ 62 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއވެ. 

اللَّهُ خَالِقُ كُلِّ شَيْءٍ ۖ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ ﴿٦٢﴾‏

މާނައީ: اللَّه އީ، ހުރިހާއެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ބައްލަވާވޮޑިގެންވާ، ރައްކާތެރިކުރައްވާ ރަސްކަލާނގެއެވެ. (62)

މިއަދު އޮންލައިން