"ހަކަތައިގެ ސިޔާސަތު 2024-2029" މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
"ހަކަތައިގެ ސިޔާސަތު 2024-2029" މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ފެނަކަ ކޯޕަރޭޝަނުން 2024 އޯގަސްޓް 13 ވީ އަންގާރަ ދުވަހު ހެނދުނު ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި، ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލާ "ހަކަތައިގެ ސިޔާސަތު 2024-2029" އާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދައިފިއެވެ.

މި ބައްދަލުވުމުގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)، ސްޓެލްކޯ، އެމްއޭސީއެލް، އެމްޓީސީސީ، އެމްޑަބްލިއުއެސްސީ، މަޓީ އަދި މަސީ ފަދަ މުހިންމު ސަރުކާރު ކުންފުނި ތަކުންނާއި އަމިއްލަ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ އާ ހަކަތައިގެ ސިޔާސަތު އެކުލަވާލުމަށް ބޭއްވުނު ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ މަޤްޞަދަކީ ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

އާ ހަކަތައިގެ ސިޔާސަތު އަމާޒުކުރެވިފައިވަނީ 2024 އިން 2029 އަށެވެ. މި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

 

 

ހަބަރު: ސަރުކާޜު

މިއަދު އޮންލައިން