ހެދިބޮޑުވުމުގެ މަރުހަލާތަކަށް އަންނަ ލަސްކަން އަވަހަށް ދެނެގަނެވޭނެ ނިޒާމުގައި ހިމެނޭ ބައިތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ހެދިބޮޑުވުމުގެ މަރުހަލާތަކަށް އަންނަ ލަސްކަން އަވަހަށް ދެނެގަނެވޭނެ ނިޒާމުގައި ހިމެނޭ ބައިތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

ކުޑަކުދިންނަށް ހެދިބޮޑުވުމުގެ މަރުހަލާތަކަށް އަންނަ ލަސްކަން އަވަހަށް ދެނެގަނެވޭނެ ނިޒާމުގައި ހިމެނޭ ބައިތަކާއި ގުޅޭ ގޮތުން ޞިއްޙީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައި މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި ވަނީ ކުޑަކުދިންނަށް ހެދިބޮޑުވުމުގެ މަރުހަލާތަކަށް އަންނަ ލަސްކަން އަވަހަށް ދެނެގަނެވޭނެ ނިޒާމުގެ ފުރަތަމަ ފިޔަވަހީގައި ހިމަނަންޖެހޭ ކަންކަމާއި އެފަދަ ލަސްވުންތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާއި މެދު މަޝްވަރާކޮށްފައެވެ.

މިގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) އާއި ޞިއްޙީ ވުޒާރާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިން ހިމެނޭ ގޮތަށް ހެދިބޮޑުވުމުގެ މަރުހަލާތަކަށް ލަސްކަން އަންނަ ކުދިން އަވަހަށް ދެނެގަނެ، އިންޓަރވެންޝަން ނިޒާމު އެކުލަވާލުމުގެ މަސައްކަތް ޓެކްނިކަލް ކޮމިޓީއަކުން ދަނީ ކުރަމުންނެވެ.

މި ބައްދަލުވުންތަކުގެ އަލީގައި، މި ނިޒާމު ތަންފީޛުކުރަން ފަށާނެ ތާރީޚާއި، މުޅި ޤައުމަށް މި ނިޒާމު ތަޢާރުފުކޮށް، މިކަމުގައި ޝާމިލުވާ ވުޒާރާތަކުގެ ދައުރަކީ ކޮބައިކަން ނިންމުމަށްވެސް މަޝްވަރާކުރެވިފައިވެއެވެ.

 

 

ހަބަރު: ސަރުކާޜު

މިއަދު އޮންލައިން