ތިމާގެ ބޭނުން ނުފުދޭއިރަށް ޝަކުވާކުރުމަކީ ކުރަން ވަރަށް ލަދުވެތި ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތިމާގެ ބޭނުން ނުފުދޭއިރަށް ޝަކުވާކުރުމަކީ ކުރަން ވަރަށް ލަދުވެތި ކަމެކެވެ!

އައްޔޫބްގެފާނު ނުހަނު ބޮޑު އާލާސްކަންފުޅުގައި އެތައް އަހަރެއްވަންދެން އޮންނެވިއިރުވެސް ޝަކުވާ ނުކުރެއްވެވިތަނުގައި ޝިފާއަށް އެދިވަޑައިގެން ﷲ ތަޢާލާގެ ޙަމްރަތުގައި ނުދެންނެވީ ލަދުފުޅުންނެވެ. ޝިފާއަށް އެދިވަޑައިގެން ދުޢާކުރެއްވެވީ ދެން އެހެން ގޮތެއް ފެނިވަދައިނުގަތުމުންނެވެ. ދުޢާކުރެއްވެވިއިރު ދުޢާކުރެއްވެވީވެސް ވަރަށް ލަދުފުޅުން އޮންނަވައިގެންނެވެ.

މުސްލިމުންނަށް މިއީ އެންމެ މުހިންމު އެއް ފިލާވަޅެވެ. ނަމަވެސް ވިސްނަނީ ވަރަށް މަދު މީހެކެވެ. ކިރިޔާ ކަމެއް ކުރިމަތިވާއިރަށް އޮންނަނީ ޝަކުވާ ކުރުމެވެ.

"އުފަލުގައި ދިރިއުޅެވޭނީ ކުރިމަތިވާ ޙާލަތްތަކަށް ޝަކުވާ ނުކޮށް ދިރިއުޅެން މަސައްކަތްކުރާ މީހުންނަށެވެ. ހަމަ ކޮންމެ ކަމަކާއި ކަންބޮޑުވެ ޝަކުވާ ކުރަން ޖެހުނު ނަމަވެސް ތިބާގެ ވަށައިގެންވާ މީހުންނަށް ބަލާށެވެ!

ކޮންމެ ހިތްދަތިކަމަކީވެސް އަދި ކޮންމެ ކަންބޮޑުވުމަކީވެސް ﷲ ތަޢާލާ މިންވަރު ކުރެއްވެވި އިންޒާރުގެ ރަނގަބީލެއް ކަމަށް ދެކޭށެވެ. އެކަން އެގޮތިގައި ބަލައިގަނެ ރަނގަބީލަށްޓަކައި ޝުކުރުވެރިވާށެވެ!

ތިމާއަށް ދިމާވާ ކަމަކާއި ނުވަތަ ޙާލަތަކާއި ގުޅިގެން ޝަކުވާ ކުރާ ނަމަ އެއަށްވުރެ މާދަތިޙާލުގައި ތިބި މީހުންގެ މަތިން ހަނދުމަކޮށްލުމުން ޝަކުވާކުރަން ލަދުވެތިވެވޭނެއެވެ!"

މުސްލިމުންގެ ސިފައަކަށް ހަދަންވީ ޝަކުވާ ކުރުމެއް ނޫނެވެ! ކެތްތެރިވުމެވެ! ޝުކުރުވެރިވުމާއި ތައުބާވުން ގިނަކުރުމެވެ.

މިސާލަކަށް އަހަރެމެންގެ ގެ ބުރިބުރިއަށް ނުހެދިގެން ޝަކުވާކުރާއިރު އެއްވެސް ފުރާޅެއް ނެތިގެން މަގުމަތީގައި ނިދަން ތިބީ ކިތައް ހާސް މީހުން ކަމާއިމެދު ފުންކޮށް ވިސްނައިލާށެވެ! ބައްޔެއް ޖެހިގެން ޝަކުވާކުރާއިރު އެއްވެސް ޙަރަކާތެއް ނުކުރެވި އެތައް އަހަރެއް ވަންދެން އެނދުމަތީގައި އެތިބަ އެތައް މިލިއަން މީހުންނަށް ވިސްނައިލާށެވެ! ހޮސްޕިޓަލްތަކުގެ އައިސީޔޫތަކުގައި ކޯމާތަކުގައި ތިބި މީހުންނަށް ވިސްނައިލާށެވެ!

މިފަދަ ކަންކަމަށް ވިސްނައިލުމުން ކަމެއް ދިމާވާއިރަށް ޝަކުވާ ކުރަން ލަދުގަންނަން ޖެހޭނެ ކަމަށް މިބުނާ ސަބަބު ވިސްނޭނެއެވެ!

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން