ހަނދުމަކޮށްދިނުމެއް! މައުމޫމުން ސަޖިދަކުރަން ހަރަކާތް ކުރަން ވާނީ އިމާމް މީހާ ނިތްކުރި ބިންމަތީގަ ޖެއްސުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހަނދުމަކޮށްދިނުމެއް! މައުމޫމުން ސަޖިދަކުރަން ހަރަކާތް ކުރަން ވާނީ އިމާމް މީހާ ނިތްކުރި ބިންމަތީގަ ޖެއްސުމުން!

ނަމާދުގައި އިމާމް މީހާ ތަކްބީރުކިޔަން އަނގަހުޅުވައިލާއިރަށް ބައެއް މީހުން ޙަރަކާތް ކުރެއެވެ. ނަމަވެސް އެއީ އެކަންކުރަން އޮތްގޮތެއް ނޫނެވެ. އެއިރުން އެދެވެނީ ނަމާދުގައި އިމާމާއަށްވުރެ ކުރިއަރައިގެންނެވެ.

އަބްރާއް (ރޢ) ގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލް (ﷺ) سمع الله لمن حمده ވިދާޅުވެއްޖެ ނަމަ ތިމަންމެންގެ އެއްވެސް މީހަކު ރަސޫލް (ﷺ)ގެ ނިތްކުރިފުޅު ބިންމަތީގައި ޖައްސަވަންދެން އެމީހާގެ ބުރަކަށި ލަނބައިނުލާނެތެވެ." (ޞަޙީޙް ބުޚާރީ: 811)

އަބްރާއްގެ މި ބަސްފުޅުން އެނގިގެންދަނީ ރަސޫލް (ﷺ) سمع الله لمن حمده ވިދާޅުވެ އިޢްތިދާލަށް ތެދުވެވަޑައިގެންފިނަމަ މައުމޫމުންވެސް ތެދުވެވަޑައިގަންވާކަމާއި އަދި މައުމޫމުން ސަޖިދައަށް ވަޑައިގަތުމަށް ގުދުވެވަޑައިގަންނަވަނީވެސް ރަސޫލް (ﷺ) ސަޖިދައަށް ވަޑައިގެން ނިތްކުރިފުޅު ބިންމަތީގައި ޖެއްސެވުމުން ކަމެވެ.

ވީމާ މައުމޫން ސަޖިދައަށް ދިއުމުގައި ޢަމަލުކުރަން ޖެހޭނީ މިގޮތަށެވެ!

އިމާމް މީހާގެ ކައިރިއަށް ތިބޭ ބައަކަށް ނޫނީ އިމާމް މީހާގެ ޙަރަކާތްތަކެއް ނުފެންނާނެއެވެ. ވީމާ އިމާމް މީހާއަށް އޮތީ ސަޖިދައަށް ދާން ކިޔާ ތަކްބީރު ނިމޭއިރު ނިތްކުރި ބިންމަތީގައި ޖެއްސޭނެ މިންވަރަށް ޙަރަކާތް ކުރުމެވެ. އަދި މައުމޫމުންނަށް އޮތީ އިމާމް މީހާގެ ތަކްބީރުގެ އަޑު ނިމެންދެން މަޑުކޮށްލުމަށްފަހު ސަޖިދައަށް ދިއުމަށް ޙަރަކާތް ކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން