ދަރިންނާއިމެދު މައިންބަފައިންނަށް ކުރެވޭ 7 ކުށެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. އެއީ:
1 ދަރިން ނުރުހޭ މީހަކާ ދަރިންނަށް މަޖުބޫރުކުރުވައިގެން ކައިވެނިކުރުވުން
2 ރަންދަރިކުރުން (ވަކިދަރިއަކު ދެކެ ބޮޑަށް ލޯބިވެ ހެޔޮކޮށްހިތުން)
3 އެހެން މީހުންގެ ދަރިންނާއި އަޅުވައިކިޔުން
4 ދަރިން ދީނަށް ޢަމަލުނުކުރާނަމަ އަޅާނުލައި ތިބުން
5 އިޞްލާޙްކުރަންވެސް ޖިސްމާނީ އަނިޔާކުރުން (ޚާއްޞަކޮށް މޫނުފަދަ ނާޒުކު ތަންތަނުގައި ތެޅުން)
6 ދަރިންގެ އެކުވެރިންނަކީ ކޮންބައެއްކަން ނުބެލުން
7 ދަރިންގެ އަތަށް ފައިސާދޭނަމަ އެފައިސާގެ ބޭނުންކުރާ ގޮތް ނުބެލުން
މީގެ އިތުރުންވެސް ބައެއް ބެލެނިވެރިން ދަރިންނާއިމެދު ކުށްތައް ކުރެއެވެ. މި 7 ކުށް ފާހަގަމިކުރަނީ މިކަންކަމުގެ ސަބަބުން ދަރިންގެ މުސްތަޤްބަލަށް ވަރަށް ބޮޑަށް އަސަރުކުރާތީއެވެ. ބައެއް ފަހަރު ދަރިންގެ ކޮންޓްރޯލްވެސް މައިންބަފައިންގެ އަތުން ގެއްލިގެންދާ ކަންކަން ކަމުފގައިވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން