ފަސޭހައިން ލިބޭތީ ކާން ފޫހިވެގެން ތިއައުޅޭ ބޯވެލިފަތަކީ ލޮލާ ކަށީގެ އިތުރުންވެސް ޞިއްޙީ ދުޅަހެޔޮކަމަށް ކިހާ ބޮޑު ފައިދާތަކެއް ކޮށްދޭ އެއްޗެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ފަސޭހައިން ލިބޭތީ ކާން ފޫހިވެގެން ތިއައުޅޭ ބޯވެލިފަތަކީ ލޮލާ ކަށީގެ އިތުރުންވެސް ޞިއްޙީ ދުޅަހެޔޮކަމަށް ކިހާ ބޮޑު ފައިދާތަކެއް ކޮށްދޭ އެއްޗެއްކަން އެނގޭތަ؟

ބޯވެލިފަތެވެ ބުނެވޭއިރަށް ގިނަމީހުން ފޫހިވާނެއެވެ. އެއް ސަބަބަކީ ލިބެން ހުންނަލެއް ފަސޭހަކަމެވެ. އަގުހެޔޮކަމެވެ. އަނެއްބައަކު ދައްކާނީ ލޮނދިކަމެއް ހުންނަ ވާހަކައެވެ.  

ބޯވެލިފަތަކީ އެންމެ ފަސޭހައިން ހެއްދޭ އެއްބާވަތެވެ. ނަނުދަމާލައި ފާރުތަކަށް އެރުވެއެވެ. ކުރިތަކުން ފާރުފުރާލަދެއެވެ. ފެހިކަމުން ބަލައިލަންވެސް އެހައި ހިތްޤައިމެވެ.  

ބޯވެލިފަތުން ލިބޭ ބައެއް ފައިދާތަކަށްބަލާއިރު:  

ދިރާސާތަކުން އެނގޭ ގޮތުގައި ޖޯޑެއްހައި ބޯވެލިފަތް ނުކައްކާ (ރޯނުފިލުވައި) ކާނަމަ އެދުވަހަށް ބޭނުންވާ ވިޓަމިން އޭ އާއި ކޭ ގެ ބޮޑުބައެއް ލިބޭނެއެވެ.  

ވިޓަމިން އޭ ލިބުމަކީ ލޮލުގެ ކަޅިއަށް ތާޒާކަން ގެނެސްދީ ލޯއަލިވެ، ލޯހިކުމުގެ މައްސަލަތަކަށް އެހީތެރިވެދޭ ކަމެކެވެ. ވިޓަމިން އޭ ނުލިބުމަކީ ލޯ އަނދިރިވުމަށް މެދުވެރިވާ ސަބަބެކެވެ. ހަމަ އެއާއިއެކު ވިޓަމިން ކޭ ފާރުހިކުމަށް އެހީތެރިވެދެއެވެ. ކަށިތައް ވަރުގަދަކޮށްދެއެވެ.  

ކައްކާފައި (ރޯފިލުވާފައި) ހުންނަ ޖޯޑެއްގެ ބޯވެލިފަތް ކެއުމުން ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ދަގަނޑާއި ވިތަމިންސީގެ ބޮޑުބައެއް ލިބިދެއެވެ.  

މީގެ އިތުރުން ބޯވެލިފަތަކީ ލޭގައި ހުންނަ ރެޑް އަދި ވައިޓް ސެލްތަކަށް ދުޅަހެޔޮކަން ގެނެސްދޭ އެއްޗެކެވެ.  

މަޢުލޫމާތު: ކޮންމެ ދުވަހެއްގެ ޞިއްހަތު

މިއަދު އޮންލައިން