އަނބިމީހާއަށް ޖިސްމާނީ އަނިޔާ ކުރުމުގެ ހުރި ނުބައިކަން ބޮޑުކަން އެނގޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
އަނބިމީހާއަށް ޖިސްމާނީ އަނިޔާ ކުރުމުގެ ހުރި ނުބައިކަން ބޮޑުކަން އެނގޭ ހެއްޔެވެ؟

އިސްލާމް ދީނަކީ އެއްވެސް މީހަކަށް އަނިޔާކުރަން ހުއްދަ އޮތް ދީނެއް ނޫނެވެ. ޚާއްޞަކޮށް އެއްވެސް އަންހެނަކަށް އަނިޔާކުރުން ވަނީ ވަރަށް ބޮޑަށް މަނާ ކުރައްވަވައިފައެވެ. އެހެންކަމަށްވާއިރު ތިމާގެ އަނބިމީހާއަށް ޖިސްމާނީ އަނިޔާކުރުމުގެ ހުރި ނުބައިކަން ބޮޑުވެގެންދާނެ މިންވަރަށް ނިކަން ވިސްނައިލަބަލާށެވެ.  

ހަމައެދަނި މިޙާދިޘާއަށް ބަލައިލިނަމަވެސް އެކަން އެނގިގެންދާނެއެވެ.  

ޞަޙާބީ ބޭކަނބަލަކަށް އެކަމަނާގެ ފިރިމީހާ އަނިޔާކުރާތީ ރަސޫލް () އަށް ޝަކުވާ ކުރެއްވެވިއެވެ. ފުރަތަމަ ދެފަހަރު ޙަދީޘްފުޅު ކުރެއްވެވީ "އެކަނބުލޭގެއަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙިމާޔަތް ލިބިވަޑައިގެން އިންނެވި ބޭކަނބަލެއް ކަމަށް (ފިރިކަލުންގެ ގާތުގައި) ވިދާޅުވުމަށެވެ. ދެންވެސް ފިރިމީހާ އެކަނުބުލޭގެއަށް އަނިޔާ ކުރުމުން ވަޑައިގެން ޝަކުވާ ދެންނެވުމުން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަގެ ލިބާސްކޮޅުން ބައެއް ވީއްދަވާލައި (ހެއްކަކަށް) އެ ދައްކަވާފައި ހަމަ ކުރީފަހަރު ފަހަރުން ފިރިކަލުންގެ ގާތުގައި ވިދާޅުވުމަށް ޙަދީޘްފުޅުކުރެއްވެވިއެވެ.  3 ވަނަ ފަހަރު ޝަކުވާ ކުރެއްވެވުމުން ފިރިމީހާއަށް ލަޢްނަތް ލެއްވެވުން އެދި ދުޢާކުރެއްވެވިއެވެ. އަދި އެ ދުޢާ ތަކުރާރުވެސް ކުރެއްވެވިއެވެ. އެއީ އޭނާ ރަސޫލާ ()ގެ އަމުރުފުޅަކަށް ތަކުރާރުކޮށް ނުކިޔަމަންތެރިވީތީއެވެ!  

މިއަދަކު ރަސޫލް () އަހަރެމެންގެތެރެއަކު ނެތެވެ. ނަމަވެސް އަނބިންނަށް އަނިޔާކުރާއިރު ވިސްނައިލަންވީ އެކަމަކީ ރަސޫލް ((  މިހައިވަރަށް މަނާކުރައްވަވާފައިވާ ކަމެއް ކަމެވެ! މި ނުކިޔަމަންތެރިވެވެނީ ރަސޫލް () އެކަން ނުކުރުމަށް އެހައި ވަރުގަދައަށް އަމުރުފުޅު ކުރައްވާފައިވާ އަމުރުފުޅަކަށް ކަމެވެ.  

ދުނިޔަވީ ނަޒަރަކުން ބަލައިފި ނަމަ ފިރިހެނުންނާއި އަންހެނުންނަކީ އިންސާނުންގެ ގޮތުގައި ހަމަހަމަ ބައެއް ނަމަވެސް އަންހެނުންނަކީ ފިރިހެނުންނަށްވުރެ ޟަޢީފް ނިކަމެތި ބައެކެވެ. ވީމާ ބާރުގަދަ، ވަރުގަދަ މީހާ އެމީހާއަށްވުރެ ބާރު ދެރަ މީހަކަށް އަނިޔާކުރަން ލަދުގަންނަން ޖެހޭނެއެވެ!  

ދީނީ ގޮތުން ބަލައިފިނަމަ އަނބިންނަށް އަނިޔާ ކުރުމަކީ ވަރަށް ބޮޑަށް މަނާކުރައްވަވާފައިވާ ކަމެކެވެ. އެންމެ ރަނގަޅު މީހަކީ އަނބިންނަށް އެންމެ ހެޔޮ މީހާކަމުގައި ކުރައްވަވާފައިވާ ޙަދީޘްފުޅުން އަނބިންނަށް އޯގާތެރިވުމާއި ހެޔޮކޮށް ހިތުމުގެ މަތިވެރިކަން އެނގިގެންދެއެވެ.  

މިފަދަ ހުރިހާ ކަންކަން އެނގެން އޮތްއިރުވެސް ބައެއް މީހުންނަށް އެމީހުންގެ އަނބިންނަށް އަނިޔާ ކުރެވެއެވެ. ރުޅި އާދެވޭއިރަށް އަތް އިސްކުރެވެއެވެ! އެކަމުގެ ހުރި ނުބައިކަން ނިކަން ދެކެބަލާށެވެ!  

މީސްތަކުންނޭވެ! މިފަދަ ކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! އެންމެ ފަހަރަކު އެންމެ މީހަކަށް ވެސް ކަމެއް ނުކުރުމަށް ރަސޫލް () އަމުރުފުޅު ކުރައްވަވައިފިނަމަ އެއީ މުޅި އުންމަތަށް ކުރެއްވެވި އަމުރުފުޅެކެވެ. އެ އަމުރުފުޅުން އަހުރެންނަށްވެސް އަދި ހަމަ އެކަކަށްވެސް ނުނެއްޓުވޭނެއެވެ! އިސްތިސްނާއެއް ނުވެވޭނެއެވެ. ޖެހޭނީ ކިޔަމަންތެރިކަން އަދާކުރާށެވެ!  

އެންމެ ބާރުގަދަ މީހަކީ އަތުގެބާރު އެންމެ ވަރުގަދަ މިހާ ނޫން ކަމަށާއި ރުޅި ކޮންޓްރޯލް ކުރެވޭ މީހާ ކަމަސް އޮތް ޙަދީޘްފުޅުން ޢިބްރަތް ޙާޞިލުކޮށް ޙަދީޘްފުޅުގައިވާ ފަދައިން އެންމެ ބާރުގަދަ މީހާ ކަމުގައިވާށެވެ!  

- މަޢްލޫމާތު: ޝައިޚް ނަވައިދު ޢަޒީޒްގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން