ހުރިހާ މަގުތަކެއް ބަންދުވެ ހުރިހާ ކަމަކުން ގޮތްހުސްވުމުން ކުރަން އޮތް ބާރުގަދަ ދުޢާ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހުރިހާ މަގުތަކެއް ބަންދުވެ ހުރިހާ ކަމަކުން ގޮތްހުސްވުމުން ކުރަން އޮތް ބާރުގަދަ ދުޢާ!: މުފްތީ މެންކް

ކޮންމެ މީހަކަށް ބެލިކަމުގައިވީނަމަވެސް އެމީހަކަށް އެންމެ ބޮޑަށް ކަންބޮޑުވެވޭނީ އަތުގައި ކާނެ އެއްވެސް އެއްޗެއް ނެތި، ބޯހިޔާވަހިކަމެއް ނެތި، އެހީތެރިވާނެ އެއްވެސް މީހަކު ނެތި ތިމާ އެކަނިވެރިވާ ޙާލުގައެވެ. އަދި އެޙާލުގައި ހުންނަން ޖެހުނީ ދަންނަ އެއްވެސް މީހަކު ނެތް ތަނެއްގައި ކަމުގައިވާނަމައެވެ. 

މިބަޔާންކުރި ހުރިހާ ޙާލަތެއް މޫސާގެފާނަށް ކުރިމަތިވެވަޑައިގަތެވެ. ހަމައެއްފަހަރާ އެއް ވަޤުތެއްގައެވެ. އެހިނދު މޫސާގެފާނު ﷲ ތަޢާލާގެ ޙަޟްރަތަށް ކުރެއްވެވި ދުޢާ މިއޮތީއެވެ! 

رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ 

"އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ." (އަލް ޤަޞަޞް: 24) 

މިދުޢާ ކުރެއްވެވުމާއިއެކު ﷲ ތަޢާލާ މޫސާގެފާނަށް ބޭނުންފުޅުވެވަޑައިގަންނަވާނެ ހުރިހާ ކަންކަން ވަޤުތުން ފުއްދަވައިދެއްވެވިއެވެ. އެއީ އެކަލޭގެފާނުގެ ކިޔަމަންތެރިކަމާ އީމާންކަން ބޮޑުކަމުން ކަމަށްވެދާނެއެވެ. އަހުރެމެންވެސް މިދުޢާ ކުރާނަމަ އަހުރެެމންގެ ބޭނުންތައްވެސް ފުއްދަވައި ދެއްވަވާނެތެވެ. ހިނދުކޮޅެއް ލަސްވާނަމަ އެކަން މެދުވެރިވާނީވެސް އަހުރެމެންގެ ސަބަބުންނެވެ. ނުވަތަ ލައްވަވަން އޮތް ރަހްމަތް ބޮޑުކަމުންނެވެ. އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން