ދަރިންނަކީ މޮޅު ތޫނުފިލި ކުދިންކަމަށްހަދަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ސަމާލުކަންދޭންވީ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ދަރިންނަކީ މޮޅު ތޫނުފިލި ކުދިންކަމަށްހަދަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ސަމާލުކަންދޭންވީ ކަންތައް-

ފަތިސްނަމާދުގެ ޖަމާއަތަށްދާ މީހުންގެ ޢަދަދު އިންތިހާއަށް މަދެވެ. އަދި އެމަދު މީސްކޮޅުގެ ތެރެއިންވެސް ދަރިން ގޮވައިގެން މިސްކިތަށްދަނީ އެހައި މަދު ބައެކެވެ. ފަތިސްނަމާދުގެ ޖަމާޢަތުން 2،3 ކުދިންވެސް ފެންނަނީ މަދުކިސްކިތަކުންނެވެ.  

ދަރިންނަކީ މޮޅު ތޫނުފިލި ކުދިންކަމަށްހަދަން ބޭނުންނަމަ އިސްކަންދޭންވާނީ ﷲ ޙަވާލުކުރެއްވެވި ވާޖިބަށެވެ. އެއީ ބާލިޣްވެފައިވާ ދަރިން ލައްވައި ފަތިސްނާމުކުރުވައިގެން އެކުދިންގެ ދުވަސްފެށުމެވެ. އަދި ތިބާގެ ދުވަސް ފަށަން އޮތީވެސް ހަމަ ފަތިސްނަމާދުންކަން ހަނދާނުގައި ބަހައްޓާށެވެ! 

ދުނިޔެއާއިމެދު އަދި އާޚިރަތާއިމެދު ވިސްނާ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިންނަށް ލޯބިކުރާނެއެވެ. ދަރިންނަށް ލޯބިދޭނެއެވެ! ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރާނެއެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަމުން މިވަނީ ތިމާމެންގެ އަމިއްލަ އުފަލަށް ކުރާ މި މަސައްކަތަކީވެސް  ނުހަނު ބޮޑު ޘަވާބާއި ދަރުމަ ލިބިގެންދާނެ ކަމެއް ކަމުގައި ލައްވަވައިފައެވެ. 

"ޞައްޙަ ޢަޤީދާގެ މަތީގައި ދަރީން ތަރުބިއްޔަތު ކުރުމަކީ އިސްލާމްދީނުގައި އެކަމުގެ މައްޗަށް ނުހަނު ބޮޑު ޘަވާބާއި ދަރުމަ އެކަށައެޅިފައިވާ ވަރަށް މާތްކަން ބޮޑު އަޅުކަމެކެވެ. އެކަމުގައި އެންމެ މުހިއްމު ކަމަކީ އެ އަޅުކަން ﷲ އަށް އިޚްލާޞްތެރިކަމާއެކު އަދާކުރުމާއި އެ އަޅުކަމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ." 

މިމަތިވެރި ނިޢްމަތް ލިބިގަތުމަށްޓަކައި ބެލެނިވެރިން ކުރަން ޖެހޭ ކަމަކީ ޞައްޙަ ޢަޤީދާގެ މަތީގައި ދަރީން ތަރުބިއްޔަތު ކުރުމެވެ. ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ މުހިއްމު ކަމަކީ އެ އަޅުކަން ﷲ އަށް އިޚްލާޞްތެރިކަމާއެކު އަދާކުރުމާއި އެ އަޅުކަމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދޭމީހާ ބަލަންވީ ބޮޑެތި ޖަމާޢަތްތަކާއި  ޕްރޮފެސަރުން ބުނާ ގޮތަށް ދަރިން ތަރުބިއްޔަތުކުރުމަކަށް ނޫނެވެ! ކީރިތި ޤުރްއާނާއި ރަސޫލް () ގެ ސުންނަތުގައިވާ ފަދައިން ދަރިން ތަރުބިއްޔަތުކުރުމަށެވެ! 

ބެލެނިވެރިންނަށް އޮތީ ފަތިސް ނަމާދަށް ދަރިން ހޭލައްވައި ގޮވައިގެން މިސްކިތަށް ދިއުމެވެ. ނޫން ނަމަ ގޭގައި ނަމަވެސް ފަތިސް ނަމާދުކުރުވުމެވެ. ކުއްޖާގެ ނިދި ހަލާކުވެ ގެއްލުން ލިބިދާނެތީ އެކަން ނުކޮށް ނުތިބޭށެވެ! އެއްވެސް މީހަކަށް އަދި ކުއްޖަކަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރާކަށް ﷲ ތަޢާލާ އަންގަވާފައިނުވާނެކަން އެއީ ޔަޤީންކަމެކެވެ.   

ވީމާ މިކަންކަމަށް ބެލެނިވެރިން ހޭލުންތެރިވާށެވެ! ފުރުތަމަ ކަމަކަށް ތިމާމެންވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާށެވެ! އަދި ދަރިންވެސް އެގޮތުގައި ތަރުބިއްޔަތުކުރާށެވެ! އެކަމުން ލިބެން އޮތް ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގަންނާށެވެ! ކުރާ ކޮންމެ ކަމެއްވެސް ކުރަންވީ ﷲ ތަޢާލާ އެކަމެއް ކުރަން އަންގަވާފައިވާ ގޮތަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން