ޢާއިޝަތު ރަފާޙް ޢަލީ
ތަޤްވާވެރިވުމަކީ މުސްލިމުންނަށް އެންމެ މުހިއްމު ސިފައެވެ. ތަޤްވާވެރިވުމުން ލިބޭނެ އެންމެ ބޮޑު އެއްފައިދާއަކީ ފާފަތަކަށް އަރައިގަތުން މަދުވެގެން ދާނެކަމެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صَلَّى للهُ عَلَيْهِ وَسَلَّمَ، قَالَ: ((سَبْعَةٌ يُظِلُّهُمُ للهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ: الْإِمَامُ الْعَادِلُ، وَشَابٌّ نَشَأَ بِعِبَادَةِ اللهِ، وَرَجُلٌ قَلْبُهُ مُعَلَّقٌ فِي الْمَسَاجِدِ، وَرَجُلَانِ تَحَابَّا فِي للهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ، وَرَجُلٌ دَعَتْهُ امْرَأَةٌ ذَاتُ مَنْصِبٍ وَجَمَالٍ، فَقَالَ: إِنِّي أَخَافُ للهَ، وَرَجُلٌ تَصَدَّقَ أَخْفَى حَتَّى لَا تَعْلَمَ شِمَالُهُ مَا تُنْفِقُ يَمِينُهُ، وَرَجُلٌ ذَكَرَ للهَ خَالِيًا، فَفَاضَتْ عَيْنَاهُ)).
މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ. ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. “ﷲގެ ހިޔާވަހިކަން މެނުވީ ހިޔާވަހިކަމެއް ނުވާދުވަހުގައި، އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވާ ހަތް ބައެއްވެއެވެ. (އެއީ) ޢަދުލުވެރި ވެރިމީހާއާއި، ﷲއަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތްތަކާގުޅިފައިވާ މީހާއާއި، މާތް ﷲ އަށްޓަކައި ލޯބިވެ އެގޮތުގައި ބައްދަލުވެ އަދި އެގޮތުގައި ވަކިވާ ދެމީހުންނާއި، ޙަސަބާއި ނަސަބުވެރި ރީތި އަންހެނެއް (ފާޙިޝް ޢަމަލެއްކުރުމަށް) ގޮވާލުމުން، ‘ހަމަކަށަވަރުން ތިމަން ﷲއަށް ބިރުވެތިވަމޭ’ ބުނެ (އެކަމުން ދުރުވެގަންނަ) މީހާއާއި، ޞަދަޤާތްކުރާއިރު އެމީހާގެ ކަނާއަތުން ހޭދަކުރާ އެތި ވައަތަށްވެސް ނޭނގޭހާ ސިއްރުން ހޭދަކުރިމީހާއާއި، އެކަހެރިވެހުރެ ﷲ ހަނދުމަ ކުރުމުން އޭނާގެ ދެ ލޮލޮން ކަރުނަ އޮހޮރޭ މީހާއެވެ."
މި ހަދީޘްފުޅުގައިވެސް ޢަދުލުވެރި މީހާއާއި، ﷲ އަށް އަޅުކަންކުރުމުގައި ޒުވާންކަން ހޭދަކުރި ޒުވާނާއާއި، އެމީހެއްގެ ހިތް މިސްކިތާއި ގުޅިފައިވާ މީހާ، މިހުރިހާ ކަމެއްވެސް އަންނަނީ ތަޤްވާވެރިވުމުގެ ސަބަބުންނެވެ.
ތަޤްވާވެރިކަން ނެތްނަމަ ފާފަތަކަށް އަރައިގަންނަން ފަސޭހަވެގެންދެއެވެ. އަދި ﷲ އަށް އުރެދުމަށް މަގުފަހިވެގެންދެއެވެ.
ތަޤްވާވެރިކަން ހުރިނަމަ ފާފަކުރަން ބިރުވެތިވާނެ މިންވަރުގެ މިސާލަކަށް ބަލާނަމަ ޔޫސުފް ޢަލައިހިއްސަލާމް، ފާފަނުކުރެއްވެވުމަށްޓަކައި އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވިި ކަންތައްތަކުން ސަލާމަތް ކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާ ކުރެއްވެވީއެވެ! އަދި ޔޫސުފް ޢަލައިހިއްސަލާމް އެއްވެސް ކުށެއް ނެތި ޖަލަށް ލެވުމުން ވެސް އެކަމަށްވެސް އެއްވެސް ޝަކުވާއެއް ނުކުރައްވަވައެވެ.
ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 33 އަދި 34 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
قَالَ رَبِّ السِّجْنُ أَحَبُّ إِلَيَّ مِمَّا يَدْعُونَنِي إِلَيْهِ ۖ وَإِلَّا تَصْرِفْ عَنِّي كَيْدَهُنَّ أَصْبُ إِلَيْهِنَّ وَأَكُن مِّنَ الْجَاهِلِينَ ﴿٣٣﴾ فَاسْتَجَابَ لَهُ رَبُّهُ فَصَرَفَ عَنْهُ كَيْدَهُنَّ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ ﴿٣٤﴾
މާނައީ: "ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނުގެ دعاء އިޖާބަކުރައްވައި، އެއުރެންގެ މަކަރުވެރިކަން އެކަލޭގެފާނުގެ ކިބައިން ދުރުކުރެއްވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (34) ދެން (އެކަލޭގެފާނު ބަރީއަވެގެންވާކަމުގެ) دليل ތައް އެއުރެންނަށް ފެނިދިއުމަށްފަހުވެސް، ހަމަކަށަވަރުން، އެކަލޭގެފާނު ދުވަސްކޮޅަކަށް ޖަލުގައި ހައްޔަރުކުރުމަށް އެއުރެންނަށް ފެނުނެވެ. (35)"