ޤައުމީ ޔުނިވަރސިޓީން އެޑްވާންސްޑް ސެޓްފިކެޓް އިން ޖާނަލިޒަމް ކޯހަށް ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 57ސ
ޤައުމީ ޔުނިވަރސިޓީން އެޑްވާންސްޑް ސެޓްފިކެޓް އިން ޖާނަލިޒަމް ކޯހަށް ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މާލެ ކެމްޕަހުގައި ކުރިއަށް ގެންދާ އެޑްވާންސްޑް ސެޓްފިކެޓް އިން ޖާނަލިޒަމްގެ އޮގަސްޓް އިންޓޭކް 2024 ގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ކޯހަކީ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއެރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަނގަޅު ފުރުޞަތެއް ކަމަށް ޔުނިވަރސިޓީން ބުނެއެވެ. މި ކޯހުގައި މާސް ކޮމިއުނިކޭޝަން، މޯލްޑިވިއަން ސްޓަޑީޒް، ނިއުސް އެންޑް މީޑިއާ އެތިކްސް އަދި ޑިޖިޓަލް ޖާނަލިޒަމް ފަދަ މާއްދާތަކުގެ އިތުރުން ދިވެހި ބަހާއި އިނގިރޭސި ބަސް ވެސް ކިޔަވައިދޭނެއެވެ.

އެމް.އެން.ކިއު.އެފް ލެވެލް 4 ގެ މި ކޯހުގައި ބައިވެރިވުމަށް ޖީސީއީ އޯ ލެވެލްގެ 3 ފާސް ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 3 ގެ ފެންވަރު ހުރުން ނުވަތަ 18 އަހަރު ފުރި، 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރުމާއެކު އިނގިރޭސި ބަހުން ލިޔަން ކިޔަން ދަތުން ޝަރުތު ކުރެއެވެ.

1 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޯހުގެ ޖުމްލަ ފީއަކީ 6،960 ރުފިޔާއެވެ. މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެމްއެންޔޫގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މިއަދު އޮންލައިން