ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ އުސޫލު އާންމުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ އުސޫލު އާންމުކުރަނީ

ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރަޖިސްޓްރީކުރުމުގެ އިންތިޤާލީ އުސޫލު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހުއެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޤާނޫނަކީ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުގެ ޤާނޫނެކެވެ. މީގެ ދަށުން ކާބޯތަކެތި ތައްޔާރުކުރުމާއި، އިމްޕޯޓް އެކްސްޕޯޓް ކުރުމާއި، ކާބޯތަކެތި ވިއްކާ ޚިދުމަތްދޭ ތަންތަން ހިންގުމުގެ މިންގަނޑުތަކާއި، އެފަދަ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމުގެ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކާބޯތަކެތީގެ ޚިދުމަތް ދޭން ފެށުމުގެ ކުރިން، އެފަދަ ތަންތަން މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދާ އެއްގޮތަށް ލައިސަންސް ހޯދައި ރަޖިސްޓްރީކުރަންޖެހޭނެއެވެ. އެހެންނަމަވެސް މީހުން ދިރިއުޅޭ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް ވަގުތީގޮތުން ޤާއިމުކުރާ މާރުކޭޓުތަކާއި އުޅަނދުތަކާއި ސްޓޭންޑްތައް ރަޖިސްޓްރީކުރާކަށް ލާޒިމެއް ނޫނެވެ.

މި ޤާނޫނުގެ ދަށުން އާންމު ސިއްޙަތަށް ނުރައްކާވާ ޙާލަތްތަކުގައި އަޅާނެ ފިޔަވަޅުތަކާއި ޖޫރިމަނާތައްވެސް ވަނީ ކަނޑައަޅާފައެވެ.

މިއަދު އޮންލައިން