ރައްޔިތުންގެ މަޖިލީހުން މިއަދު ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކޮށްފިއެވެ. މި ބިލުގެ ދަށުން ކޮންމެ ދޮޅު އަހަރަކުން ބިދޭސީންގެ ވޯކް ޕާމިޓް މުރާޖަޢާކުރުމުގެ އިޚްތިޔާރު، ކަމާބެހޭ ވުޒާރާއަށް ލިބިގެންދާނެއެވެ.
މި ބިލު ފާސްކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް، ތަޅުމަށް ހުށަހެޅި ގޮތަށެވެ. މިއަދުގެ ޖަލްސާގައި ބޭއްވުނު ވޯޓުގައި، ހާޒިރުވި 75 މެންބަރުންގެ ތެރެއިން 65 މެންބަރުން ވަނީ ބިލު ފާސްކުރުމަށް ތާއީދުކޮށްފައެވެ. އަދި 10 މެންބަރަކު ވަނީ ބިލު ފާސްކުރުމަށް ދެކޮޅު ހަދާފައެވެ.
މި އިސްލާޙު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.
މި އިސްލާޙުގެ ދަށުން، މަދުވެގެން ކޮންމެ 3 އަހަރަކުން އެއް ފަހަރު، އަދި ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަކަށްވުރެ ކުރުނުވާނެ ގޮތެއްގެ މަތިން ވަރކް ޕަރމިޓާއި ބިދޭސީންގެ ކޯޓާ ފީއަށް ބަދަލު ގެނެވިދާނެއެވެ. މީގެ ކުރިން ޤާނޫނުގައި އޮތް ގޮތުން، ކޯޓާ ފީގެ ގޮތުގައި އަހަރަކު 2,000 ރުފިޔާ އަދި ވަރކް ޕަރމިޓް ފީގެ ގޮތުގައި މަހަކު 350 ރުފިޔާ ދައްކަންޖެހެއެވެ.
މި އިސްލާޙު ފާސްވުމާއެކު، ބިދޭސީ މަސައްކަތްތެރިންގެ ވަރކް ޕަރމިޓާއި ކޯޓާ ފީ ބަދަލުކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންދާނެކަމަށް ބެލެވެއެވެ.