ރާއްޖޭގައި ހިންގަމުންދާ ބޭންކުތަކުގެ އިސްވެރިންނާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު މަޝްވަރާކޮށްފިއެވެ.
ގަވަރުނަރު ވަނީ ބޭންކުތަކާއި ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ބޭންކްތަކާއި އެމްއެމްއޭ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ރަނގަޅު ކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި މާލީ ދާއިރާގެ ތަރައްގީއަށް އެމްއެމްއޭއާއި ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
މާލީ ދާއިރާގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގަވަރުނަރު ބައްދަލުކުރެއްވި ބޭންކްތަކުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން، މޮރޭޝަސް ކޮމާޝަލް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް، ހަބީބް ބޭންކް އަދި އެޗްއެސްބީސީ ހިމެނެއެވެ.
މާލީ ދާއިރާ އަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދޭން މަސައްކަތްކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ގަވަރުނަރު މުނައްވަރު ވަނީ ވިދާޅުވެފައެވެ.