ބުޅާތައް ހިފާ މީހެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 33ސ
ބުޅާތައް ހިފާ މީހެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

މަގުމަތީގައި އުޅޭ ބުޅާތައް ހިފާ މީހެއްގެ މައްސަލަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ފުލުހަށް ހުށަހަޅައިފިއެވެ.

މިކަމާގުޅިގެން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަގުމަތީގައި އުޅޭ ބުޅާ ހިފާ މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ ފަރާތަކާ ބެހޭ މަޢުލޫމާތު އަމިއްލަ ފަރާތަކުން އެ ވުޒާރާއާއި ހިއްސާކުރުމާ ގުޅިގެން، އެ މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަހުޤީޤުކުރަމުންދާކަމަށާއި އެމީހައާ ގެޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން އެކަން ބަލަމުންދާ ކަމަށް ފުލުހުންނާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިމައްސަލަ ފެންމަތިވެ އޭނާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުންވެސް ވަނީ ފަށާފައެވެ.

މިއަދު އޮންލައިން