ﷲ ތަޢާލާއަށް ލަދުވެތިވުން ޙައްޤުގޮތުގައި ލަދުވެތިވުން-

ކިޔުމަށް ހޭދަވާނީ 3މ 26ސ
ﷲ ތަޢާލާއަށް ލަދުވެތިވުން ޙައްޤުގޮތުގައި ލަދުވެތިވުން-

ޢާއިޝަތު ރަފާޙް ޢަލީ

 

((عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ قَالَ: قَالَ رَسُولُ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- : “اسْتَحْيُوا مِنْ اللَّهِ حَقَّ الْحَيَاءِقَالَ: قُلْنَا يَا رَسُولَ اللَّهِ إِنَّا نَسْتَحْيِي وَالْحَمْدُ لِلَّهِ قَالَ: “لَيْسَ ذَاكَ وَلَكِنَّ الِاسْتِحْيَاءَ مِنْ اللَّهِ حَقَّ الْحَيَاءِ أَنْ تَحْفَظَ الرَّأْسَ وَمَا وَعَى وَالْبَطْنَ وَمَا حَوَى وَلْتَذْكُرْ الْمَوْتَ وَالْبِلَى وَمَنْ أَرَادَ الْآخِرَةَ تَرَكَ زِينَةَ الدُّنْيَا فَمَنْ فَعَلَ ذَلِكَ فَقَدْ اسْتَحْيَا مِنْ اللَّهِ حَقَّ الْحَيَاءِ”))  

މާނައީ: ޢަބްދުﷲ ބުނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ” ތިޔަބައިމީހުން ލަދުވެތިވުން ޙައްޤުގޮތުގައި  ﷲ އަށް  ލަދުވެތިވާށެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންބޭކަލުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރެމެން ލަދުވެތިވަމެވެ. އަދި ﷲއަށް ޙަމްދުހުއްޓެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ” އެހެނަކުން ނޫނެވެ. އަދި އެހެނެއްކަމަކު ﷲ ތަޢަލާއަށް ޙައްޤުގޮތުގައި ލަދުވެތިވުމަކީ ތިބާގެ ބޮލާއި، ބޮލާއި ގުޅިފައަވާ ގުނަވަންތައް ރައްކާތެރި ކުރުމެވެ. އަދި ބަނޑާއި، ބަނޑާއި ގުޅިފައިވާ ގުނަންތައް ރައްކާތެރި ކުރުމެވެ. އަދި މަރާއި، ފާނަވެދިޔުން ހަނދާން ކުރުމެވެ. އަދި ޢާޚިރަތަށް އެދޭމީހާ ދުނިޔޭގެ ޒީނަތްތެރިން ދޫކޮށްލައެވެ. އަދި މިގޮތަށް ޢަމަލުކޮށްފިމީހާ ﷲ ތަޢާލާއަށް ލަދުވެތިވުން ޙައްޤުގޮތުގައި ލަދުވެތިވެއްޖެއެވެ."

 

މިއަދު އޮންލައިން