ހަނދުމަކޮށްދިނުމެއް! ނަމާދަށް ހުއްޓާ ކިނބިހި އެޅިއްޖެ ނަމަ ޢަމަލުކުރަންވީ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ހަނދުމަކޮށްދިނުމެއް! ނަމާދަށް ހުއްޓާ ކިނބިހި އެޅިއްޖެ ނަމަ ޢަމަލުކުރަންވީ ގޮތް!

ނަމާދަށް ހުއްޓާ ކިނބިއްސެއް އެޅިއްޖެނަމަ ޢަމަލުކުރާނެ ގޮތަކާއިބެހޭގޮތުން ބައެއް ކިޔުންތެރިނޖް ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމަށް ޙައްލެއް ލިބޭނެ ލިޔުމެކެވެ. އިން ޝާ ﷲ

ނަމާދަށް ހުއްޓައި ކިނބިހި އެޅުމަކީ ވަރަށް ޢާންމު ކަމެކެވެ. އަދި އެއީ އެމީހެއްގެ އެއްވެސް އިޚްތިޔާރެއް ވެސް އެކަމުގެ މައްޗަށް އޮންނަ ކަމެއް ނޫނެވެ! އަރިދަފުސް ރޯގާ އާއި ސައިނަސް ބަލި ހުންނަ މީހުންނަށް ކިނބިހިއެޅުން ގިނައެވެ.

ތިރީގައި މިވަނީ ނަމާދަށް ހުއްޓައި ކޮނބިހި އެޅިއްޖެ ނަމަ ޢަމަލުކުރަންވީ ގޮތުގެ މައްޗަށް ޝައިޚް މުޙައްމަދު ޝާފިޢު ލިޔުއްވަވާފައިވާ ލިޔުއްވުމެކެވެ.

ނަމާދުގެ ތެރޭގައި ކިނބިއްސެއް އެޅިއްޖެނަމަ الحمد لله ކިޔަން ޖެހޭނެތޯ؟

ސުވާލު: ނަމާދުގެ ތެރޭގައި ކިނބިއްސެއް އެޅިއްޖެނަމަ الحمد لله ކިޔަން ޖެހޭނެ ތޯ؟

ޖަވާބު: ނަމާދުގައި ހުރެ މީހަކު ކިނބިއްސެއް އަޅައިފިނަމަ އޭނާ الحمد لله ކިޔުން ޝަރުޢުވެގެންވެއެވެ. ނަމާދަށް ތިބި މީހުންނަށް އުނދަގޫވާ ގޮތަށް ކިޔައިގެން ނުވާނެއެވެ. ކިނބިހި އަޅާފައި އެވަގުތު الحمد لله ނުކީނަމަވެސް މައްސަލައެއް ނެތެވެ.

 

ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

ނަމާދުގައިވިޔަސް ނަމާދުން ބޭރުގައިވިޔަސް، މީހަކު ކިނބިއްސެއް އަޅައިފިނަމަ الحمد لله ކިޔުމަކީ ވާޖިބެއް ނޫނެވެ. ނަމަވެސް އެއީ ކުރުން އެދެވިގެންވާ މުސްތަޙައްބު ކަމެކެވެ. އޭނާ الحمد لله ނުކީ ނަމަވެސް ފާފަވެރިއެއް ނުވާނެއެވެ.

ނަމާދުގައިވެސް ނަމާދުން ބޭރުގައިވެސް ކިނބިހި އެޅުމުން ﷲއަށް ޙަމްދު ކުރުމަށް ވަނީ އަންގަވާފައެވެ. އެއީ އޭނާ ނަމާދުގައި ހުރެ، އެހެންމީހުންނަށް އުނދަގޫނުވާނަމައެވެ. ނަމާދަށް ތިބި އެހެން މީހުންނަށް އުނދަގޫވާނަމަ ބާރަށް الحمد لله ކިޔުމުގެ ބަދަލުގައި ކިޔަންޖެހޭނީ ސިއްރުންނެވެ. އެއީ އޭނާ ބާރަށް ކިޔައިފިނަމަ އެހެން މީހުންނަށް އުނދަގޫ ވުމުގެ އިތުރުން، އެހެން މީހަކު ނަމާދަށް ހުރެ يرحمك الله ވެސް ކިޔާފާނެއެވެ. އެގޮތަށް ނަމާދަށް ހުރެ يرحمك الله ކިޔައިފިނަމަ އެމީހާގެ ނަމާދު ބާތިލްވާނެއެވެ. ” انتهى من “فتاوى نور على الدرب” (5 /313) .

والله أعلم

ނޯޓް: މި ލިޔުމަކީ އިސްލާމްކިޔުއޭގައިވާ މިލިޔުން އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

https://islamqa.info/ar/answers/182148/%D9%87%D9%84-%D9%8A%D8%B4%D8%B1%D8%B9-%D8%A7%D8%B0%D8%A7-%D8%B9%D8%B7%D8%B3-%D8%A7%D9%84%D8%B7%D9%81%D9%84-%D8%A7%D9%84%D8%B5%D8%BA%D9%8A%D8%B1-%D8%A7%D9%86-%D9%86%D8%AD%D9%85%D8%AF-%D8%A7%D9%84%D9%84%D9%87-%D8%B9%D9%86%D9%87

މިއަދު އޮންލައިން