"އެމީހެއްގެ ޙަޔާތުގެ މަންހަޖެއްކަމުގައި ޤުރުއާން ހަދައިފިމީހާގެ ޙަޔާތުގައި އެއްވެސް ގުދުކަމެއް ނުވާނެއެވެ. އެހެނީ އެފޮތް އޭނާ ހުރިހާ ގުދުކަމަކުން ސަލާމަތްކޮށްދޭނެއެވެ.
الْحَمْدُ للهِ الَّذِي أَنزَلَ عَلَى عَبْدِهِ الكتَابَ وَلَمْ يَجْعَل لَّهُ عِوَجًا- الكهف 1
"ހުރިހާ ޙަމްދެއް މިލްކުވެގެންވަނީ ﷲ އަށެވެ. އެއިލާހީ އެއިލާހުގެ އަޅާއަށް ފޮތް ބާވައިލެއްވި އިލާހެވެ. އަދި އެއިލާހު އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ." (އަލްކަހްފި: 1)
ގުދުކަމެއް ނެތް ފޮތަށް ތަބާވެގެން ތިއަބައިމީހުންގެ ޙަޔާތް ގުދުކަމުން ސަލާމަތްކުރާށެވެ!
- ޝައިޚް މުޙައްމަދު ޝާފިޢު