ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.
((مَنْ كَانَتْ لِأَخِيهِ عنده مَظْلَمَةٌ، مِنْ عِرْضِهِ أَوْ مال، فَلْيَتَحَلَّلْهُ الْيَوْمَ قَبْلَ أَنْ يُؤْخَذَ مِنْهُ يَوْم لَا دِينَارٌ وَلَا دِرْهَمٌ، فَإِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ يَكُنْ لَهُ عَمَلٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَجُعِلَتْ عَلَيْهِ))
މާނައީ: “އޭނާގެ އަޚާއަށް އަނިޔާވެރިވެފައިވާމީހާ -އޭނާގެ އަބުރަށް ނުވަތަ މުދަލަށް- ފަހެ މިއަދު އެކަމުން ޙަލާލުވެގަންނާށެވެ. އެއީ ދީނާރެއް ދިރުހަމެއްނުވާދުވަހު އޭނާގެ އަތުން އެކަން ނުގެމުގެ ކުރިންނެވެ. އޭނާއަށް (އެބަހީ: އަނިޔާވެރިވިމީހާއަށް) ޞާލިޙުޢަމަލެއްވާނަމަ އޭނާ އެކުރި އަނިޔާވެރިކަމުގެ މިންވަރަށް އޭނާ އަތުން ނެގޭނެއެވެ. އަދި އޭނާއަށް (ޞާލިހު)ޢަމަލެއްނުވާނަމަ އޭނާގެ ޞާޙިބުގެ (އެބަހީ: އަނިޔާލިބުނުމީހާގެ) ނުބައިކަމުންނެގި އޭނާގެ މައްޗަށްލެވޭނެއެވެ.”
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:
· އަނިޔާވެރިކަމާއި، ދެކޮޅުވެރިކަމުން ދުރުހެލިވުން:
ﷲ ތަޢާލާ ޝޫރާ ސޫރަތުގެ 40 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ ۚ إِنَّهُ لَا يُحِبُّ الظَّالِمِينَ ﴿٤٠﴾
މާނައީ: "ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) عفو ކޮށް، صلح ވެރިވެގަތްމީހާގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ. (40)"
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(حقُّ المسلمِ على المسلمِ سِتٌّ ) قالوا: ما هنَّ يا رسولَ اللهِ ؟ قال: ( إذا لقيه سلَّم عليه وإذا دعاه أجابه وإذا استنصَح نصَحه وإذا عطَس فحمِد اللهَ يُشمِّتُه وإذا مرِض عاده وإذا مات صحِبه )
މާނައީ: “އެއް މުސްލިމެއް އަނެއް މުސްލިމަކަށްޓަކައި ހަ ޙައްޤެއްވެއެވެ.”އެކަލޭގެފާނަށް ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭނާއާ ބައްދަލުވެއްޖެނަމަ ފަހެ، އޭނައަށް ސަލާމްގޮވާށެވެ. އަދި ދަޢުވަތު ދީފިނަމަ ފަހެ، އޭނާއަށް އިޖާބަދޭށެވެ. އަދި ނަސޭހަތަކަށް އެދެފިނަމަ ފަހެ، އޭނާއަށް ނަސޭހަތްތެރިވާށެވެ. އަދި ކިނބިހިއެޅުމުން އޭނާ الْحَمْدُ لِلَّهِ ކިޔައިފިނަމަ، ފަހެ، يَرْحَمُكَ اللَّهُ ކިޔައި އޭނައަށްޓަކައި ދުޢާކޮށްދޭށެވެ. އަދި އޭނާ ބަލިވެއްޖެނަމަ ފަހެ، އޭނާއަށް ޒިޔާރަތްކުރާށެވެ. އަދި މަރުވުމުން ފަހެ، އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ.”