ﷲ ތަޢާލާއަށް ބިރެއްނެތި ދުނިޔޭގެ ޙަޔާތަށް އިސްކަންދޭ މީހަކަށްވެގެން އާޚިރަތެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ﷲ ތަޢާލާއަށް ބިރެއްނެތި ދުނިޔޭގެ ޙަޔާތަށް އިސްކަންދޭ މީހަކަށްވެގެން އާޚިރަތެއް ނުލިބޭނެ!

ފަތިހާ އެހެންވެސް ނަމާދު ވަޤުތުތަކުގަ ނިދާފައި ތިބުމަކީ ކޮންކަހަލަ ކަމެއްތޯ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކަމެއް ދިމާވާ ގޮތުން ފަހަރެއްގައި މީހަކަށް ނަމާދު ވަޤުތެއްގައިވެސް ނިދިދާނެއެވެ. ނަމަވެސް އެކަން އާދަކޮށްފިނަމަ އެއީ މައްސަލައެކެވެ. އެކަމުގެ ހުރި ބޮޑުމިން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ

އިންސާނާގެ މުޅި ޙަޔާތް ބާއްޖަވެރިވުމުގެ ތަޅުދަނޑިއަކީ ނުވަތަ އެކަން އެދިގެންކުރަން އޮތްކަމަކީ ނަމާދުތަކަށް ރައްކައުތެރިވުންކަން އެންމެ ކުޑައިރުންސުރެ އެނގޭނެއެވެ. ބޮޑުވެ ނަމާދުނުކޮށް އުޅުމަށްފަހު ނަމާދުނުކުރީ އެކަންކުރަންޖެހޭނެކަން ނުއެނގޭތީ ކަމަށްބުނެވޭނެ ހަމައެކަކުވެސް މިރާއްޖެއަކު ނުހުންނާނެއެވެ. 

ތިމާ ގަޑިއަށް ކުރަން ޖެހޭ ހުރިހާ ކަމަކަށް ފަރުވާތެރިވެއެވެ! ނަމާދުކުރުން ފިޔަވައެވެ! އެފަދަ މީހުންނަކީ އާޚިރަތަށް ބިރެއް ނެތް އަދި ދުނިޔަވީ ޙަޔާތަށް އިސްކަންދޭ މީހުންނެވެ! ބިރުވެތިވާށެވެ! އެފަދަ މީހުންތެރޭގައި ނުވާށެވެ!  

މިފަދަ މީހުންގެ މިސާލު ދައްކަވައި ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވަނީ މިފަދައިންނެވެ.    

ގަޑިއަށް ވަޒީފާއަށް ދެވެއެވެ!  ގަޑިއަށް ފުރަން ދެވެއެވެ.
ގަޑިއަށް ހޮސްޕިޓަލަށް އެޕޮއިންޓްމެންޓަށް ދެވެއެވެ.

ނަމާދު ވަޤުތުގައި ނިދައެވެ. އަދި ބުނެއެވެ. އަހަރެންނަކީ ނިދި ގަދަ މީހަކީމެވެ!

بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا - الأعلى 16
"އަދި ކިޔެއްހެއްޔެވެ. ތިޔަބައިމީހުން ދުނިޔޭގެ ޙަޔާތަށް އިސްކަންދެނީއެވެ." (އަލްއަޢްލާ: 16) 

الشيخ محمد شافع

 

މިއަދު އޮންލައިން