ތަނަވަސްކަން އިތުރުކުރަން ކުރަންޖެހޭނެ ކަމަށް މިލިއަނަރުން ބުނާ ކަންތައް! ދުވަސް ފަށަން މިލިއަނަރުން ބުނާ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތަނަވަސްކަން އިތުރުކުރަން ކުރަންޖެހޭނެ ކަމަށް މިލިއަނަރުން ބުނާ ކަންތައް! ދުވަސް ފަށަން މިލިއަނަރުން ބުނާ ގޮތް!

އެންމެ ފުރަތަމަ މިބުނެލަނީ އަހުރެންނާއި ބައްދަލުވި މުސްލިމް ނޫން ހުރިހާ މިލިއަނަރުންވެސް އެއްބަސްވާ ބައެއް ކަންކަމެވެ. "ލަސްވެގެން ފަތިހު 5 ޖަހާއިރު ހޭލަންވާނެއެވެ. ނިދިފިލުވައިލަންވާނެއެވެ. ކަލާނގެ ކުޅަދުންވަންތަކަމާއި ހުރިހާ ބާރުތަކެއް ލިބިގެންވަނީ ކަލާނގެއަށްކަން ވިސްނައިލުމަށް ހިނދުކޮޅެއް ހޭދަކުރަންވާނެއެވެ. ހުޅުވިފައިވާ ސިކުނޑިއަކުން ތިމާ އެދުވަހު ކުރަންޖެހޭ ކަންކަމަށް ވިސްނަންވާނެއެވެ. އެއިގެ ތެރެއިން އެންމެ މުހިންމު 3 ކަންތައް ފާހަގަކޮށް އެ 3 ކަންތައް އެދުވަހުކުރަން މަސައްކަތްކުރަންވާނެއެވެ." 

މިމޭރުމުން ބުނެފައިވަނީ މުސްލިމުންނެއް ނޫނެވެ. އެހެން ދީންތަކުގެ މީހުންނެވެ. ވީމާ އެމީހުން ފަތިހު ހޭލައި ފުރަތަމަ ކަމަކަށް ފަތިސްނަމާދުކޮށް ޛިކުރުކުރުމުގެ ވާހަކައެއް ނުދައްކާނެއެވެ. އެމީހުން އެވާހަކަ ދައްކާނީ އެމީހުންނަށް ވިސްނޭގޮތަށެވެ. 

ދެންމެ މިދެއްކި ވާހަކައިގައި "ކަލާނގެ ކުޅަދުންވަންތަކަމާއި ހުރިހާ ބާރުތަކެއް ލިބިގެންވަނީ ކަލާނގެއަށްކަން ވިސްނައިލުމަށް ހިނދުކޮޅެއް ހޭދަކުރަންވާނެއެވެ." އެބުނާ ބުނުން "ފަތިސްނަމާދުކޮށް ޛިކުރުކުރަންވާނެއެވެ." މިގޮތަށް ބަދަލުކޮށްލުމުން ދެން އެބުނާ ހުރިހާ ވާހަކަތަކަކީވެސް މުސްލިމުންވެސް ޤަބޫލުކުރާ ވާހަކަތަކެވެ. 

ވީމާ މިއެނގެނީ ތަނަވަސްކަން އިތުރުކުރަން ބޭނުންވާ މީހަކުނަމަ ކަންނެތްވެ ފަތިސްނަމާދަށް ނުހޭލައި ނިދަން އޮވެގެން އެކަން ކާމިޔާބުނުކުރެވޭނެ ކަމެވެ. ފުރަތަމަ ކަމަކަށް ފަތިހު ހޭލައި ފަތިސްނަމާދުން ދުވަސް ފަށަންޖެހޭ ކަމެވެ. 

ލޮބުވެތި އެކުވެރިންނޭވެ! އެންމެންނަށްވެސް އުޅެންޖެހިފައި މިވަނީ ތަނަވަސްކަން ކުޑަވެގެންނެވެ. މަސައްކަތް މިކުރަނީ ތަނަވަސްކަން އިތުރުކުރާށެވެ! ވީމާ ފަތިސް ނަމާދުން ދުވަސް ފަށަން ސަމާލުކަންދޭށެވެ. އެއީ އެންމެ މުހިންމު ކަންތައް ކަމަށް ދެކޭށެވެ. އެމީހަކަށް ކާމިޔާބީ މިނަވްރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން