ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ސިފަ ބަދަލުކުރަން އުޅެނިކޮށް ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 42ސ
ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ސިފަ ބަދަލުކުރަން އުޅެނިކޮށް ހައްޔަރުކޮށްފި

ބުޅާމަހުން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް، ސިފަ ބަދަލުކުރުމަށް ސެލޫނަކަށް ގޮސްހުއްޓާ ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ދިން މަޢުލޫމާތުގައިވާ ގޮތުން، ހައްޔަރުކުރެވުނު މީހާއަކީ ޢުމުރުން 32 އަހަރުގެ އަރްފަތު ޙުސައިން އެވެ. އޭނާ ހައްޔަރުކުރެވުނީ އިމިގްރޭޝަން އިންޓެލިޖަންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުންގެ އެހީތެރިކަމާއެކުއެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، އަރްފަތު ޙުސައިން އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ އިޢުލާނު ކޮށްފައިވަނިކޮށް، އޭނާ ހޯދައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، މަގުމަތީގައި އުޅޭ ބުޅާތައް ހިފާ މީހެއްގެ މައްސަލަ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން އިއްޔެ ވަނީ ފުލުހަށް ހުށަހަޅާފައެވެ. 

މިއަދު އޮންލައިން