ރާއްޖޭން އެމްޕޮކްސް ފެނިއްޖެ ހާލަތެއްގައި ބަލިމީހުން އެކަހެރި ކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް ޞިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާޢަށް މައުލޫމާތުދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ. އަޙްމަދު އަޝްރަފް ވިދާޅުވި ގޮތުގައި، ރަށްރަށުގެ ހޮސްޕިޓަލްތަކުގައި މީހުން އެކަހެރި ކުރުމަށް ބޭނުންވާ ޖާގަތައް ޤާއިމުކޮށްފައިވާއިރު، މާލެ ސަރަހައްދުން ހުޅުމާލޭގައި ހުރި އިންފެކްޝަން ޑިޒީސް މެނޭޖްމަންޓް ސެންޓަރުގައިވެސް މީހުން އެކަހެރިކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
"ގައިންގަޔަށް އަރާ ބައްޔެއް ފެތުރޭއިރު ކަންތައް ކުރަންވީގޮތުގެ ސްޓޭންޑަޑްސްތައް ކަނޑައެޅި މިހާރު ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ސާފުވެފަ އޮތީ އެބަޔަކު ކުރަންވީކަމެއް. އެހެންވީމަ ބައްޔާއި ދެކޮޅަށް ތައްޔާރީތަކަށް ބަލާއިރު ފުދޭވަރަކަށް ތައްޔާރުވެފައޭ އަޅުގަނޑު ދަންނަވާނީ." ޑރ. އަޝްރަފް ވިދާޅުވިއެވެ.
އެޗްޕީއޭގެ ޑިރެކްޓަރ، ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ ދަތުރުފަތުރުކުރުމުގެ ތެރެއިން ގައިންގަޔަށް އަރާ ގިނަ ބަލި ފެތުރުމުގެ ފުރުސަތު އޮންނަކަމަށެވެ. އެހެންކަމުން އެމްޕޮކްސްއާއި ދެކޮޅަށްވެސް ދަތުރުފަތުރުކުރުމުގައި ވީހާވެސް ބޮޑަށް އާއްމު ސާފުތާހިރުކަމަށާއި، މާސްކް އެޅުމަށް އިސްކަންދިނުމަކީ މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަތުރުކުރުމުގައި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީއެންމެ އަވަހަކަށް އެހެން މީހުންނާއި އެކަހެރިވެ، ޞިއްހީ އެހީތެރިންގެ އެހީ ހޯދަންޖެހޭކަމަށްވެސް ސަނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޕޮކްސްއަށް ޚާއްސަކޮށް ހޮޓްލައިނެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެ ލައިން މެދުވެރިކޮށް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެކަން އެންގޭނެކަމަށްވެސް ސަނާ