ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަޅަމުންދާ އަވަސް ފިޔަވަޅުތަކަށް މޯލްޑިވްސް އިމިގްރޭޝަނާއި ފުލުހުންގެ ޚިދުމަތަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާން ޝުކުރު އަދާކުރައްވައިފިއެވެ.
ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ޤާނޫނު ތަންފީޒްކުރެއްވުމުގައި ރައްޔިތުންނަށް ވީހާވެސް އަވަހަށް ޚިދުމަތް ދެވޭނެގޮތަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ އުންމީދު ކުރައްވާގޮތްކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އިމިގްރޭޝަނުން ދަނީ އެފަދަ ބިދޭސީންނާމެދު ފިޔަވަޅު އަޅަމުންނެވެ. މިގޮތުން، ބުޅާމަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އަދި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކޮށްފައެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.