ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރި ކުރުވުމާއިއެކު އަޚްލާޤާއި ސުލޫކު ބިނާކުރުމަށް އިސްކަންދޭންޖެހޭ: ޑރ. މަރްޔަމް މާރިޔާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރި ކުރުވުމާއިއެކު އަޚްލާޤާއި ސުލޫކު ބިނާކުރުމަށް އިސްކަންދޭންޖެހޭ: ޑރ. މަރްޔަމް މާރިޔާ

ޑިޖިޓަލް ވަސީލަތްތަކަށް އަހުލުވެރިކޮށް ބޭނުން ކުރުމަކީ މުހިންމުކަމެއްކަމަށާ، ނަމަވެސް ހަމަ އެއާއިއެކު ކުދިންގެ އަޚްލާޤާއި ސުލޫކު ބިނާކުރުމަށް އަހައްމިއްޔަތުކަން ދިނުމަކީވެސް މުހިންމު ކަމެއްކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެންވިދާޅުވީ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން "ޑިޖިޓަލް ޓެކްސްޓްފޮތްތައް ތަރައްޤީކުރުމާއި ބޭނުންކުރުމާ ބެހޭ ފޯރަމް"ގެ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާގައި މިހާރު އަންނަމުންދާ ބޮޑު ބަދަލަށް އަލިއަޅުވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ތައުލީމީ ދާއިރާގައި އުގަންނައިދިނުމުގެތެރެއިން ޑިޖިޓަލް ވަސީލަތްތަ ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށެވެ، ނަމަވެސް އެއާއެިއެކު ކުދިންގެ އަޚްލާޤާއި ސުލޫކު ބިނާކުރުމަސްވެސް އިސްކަމެއް ދޭންޖެހޭނެކަމަށެވެ.

"ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަކީ މުހިންމު ކަމެއް ނަމަވެސް، ހަމައެއާއެކު ކުދިންގެ އަޚްލާޤާއި ސުލޫކު ބިނާކުރުމަށް އަހައްމިއްޔަތުކަން ދިނުމަކީވެސް މުހިންމު ކަމެއް"

އެކަމަނާގެ ވާހަކަފުޅުގައި އާ އީޖާދުތައް ތައާރަފްކުރާއިރު އެ އީޖާދުތަކަކީ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދެވޭ، ފަސޭހައިން ލިބެންހުންނަ، އަދި ހަމަހަމަ ތަޢުލީމެއް އެންމެންނަށް ފޯރުކޮށްދިނުމުގެ ވިސްނުމާ އެއްގޮތްވާ އީޖާދުތަކަކަށް ހެދުމަށް ގޮވާލެއްވިއެވެ.

 

 

ހަބަރު: ސަރުކާޜު

މިއަދު އޮންލައިން