އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައާ ހުޅުމާލޭ ރަޝީދު މިސްކިތުގައި ހުކުރު ކުރައްވާނީ ބޭރުގެ ޢިލްމްވެރިން!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައާ ހުޅުމާލޭ ރަޝީދު މިސްކިތުގައި ހުކުރު ކުރައްވާނީ ބޭރުގެ ޢިލްމްވެރިން!

(23 އޯގަސްޓް 2024) ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުކުރައްވާނީ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރ ޑރ.ޙަމްދާން އައްސުލަމީ އެވެ. ޚުޠުބާ ދެއްވާނީ ޢަރަބި ބަހުންނެވެ. ޚުޠުބާގެ ލައިވް ދިވެހި ތަރުޖަމާ ޓީވީތަކުން ގެނެސްދޭނެއެވެ. އިންޝާ ﷲ.

އިސްލާމީ މަރުކަޒުގައި އެންމެ ފުރަތަމަ ޢަރަބި ބަހުން ޚުޠުބާއެއް ދެއްވާފައިވަނީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގަ މިޞްރުގެ ޝައިޚުލްއަޒްހަރު ފަޟީލަތުއްޝައިޚު ޖާދަލްޙައްޤު ޢަލީ ޖާދަލްޙައްޤުއެވެ.

މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ސުބައްޔިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރު ނޮވެމްބަރު 11 އަށް އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރުވާނެއެވެ. އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ޚާއްޞަ ޙަފްލާއެއް ބާއްވަން ރައީސް ޑރ މުއިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ. 

އަދި (23 އޯގަސްޓް 2024) ވާ ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޛު މަޖްދީ ޢީސާ އެވެ.  އުސްތާޛު މަޖްދީ ޢީސާ  ޚުޠުބާ ދެއްވާނީ އިނގިރޭސި ބަހުންނެވެ. އެބޭފުޅާއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީ އިން ތައުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. 

 

- މަޢުލޫމާތު: އިސްލާމިކް މިނިސްޓްރީ

 

މިއަދު އޮންލައިން