ޒަކާތާއި ބެހޭ މަޢުލޫމާތު ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޒަކާތާއި ބެހޭ މަޢުލޫމާތު ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ބާއްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންނަށް ޚާއްސަކޮށް ޒަކާތާއި ބެހޭގޮތުން ހޭލުންތެރިކަމުގެ ސެޝަނެއް ބާއްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ޒަކާތު ހައުސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ޒަކާތާއި މަޢުލޫމާތު ދެއްވީ ޒަކާތުގެ ހައުސްގެ އިސްބޭފުޅުންނެވެ.

މި ސެޝަންގައި ޒަކާތަކީ އިސްލާމް ދީނުގެ 3 ވަނަ ރުކުންކަމާއި ޒަކާތް ބެހިފައިވަނީ ކިތައް ބަޔަށްކަމާއި، މުދަލުގެ ޒަކާތާއި ފިތުރު ޒަކާތުގެ ތަފާތާއި، ޒަކާތުގެ ހައްޤުވެރިންނަކީ ކޮބައިކަން ބައިވެރިންނަށް ވަނީ ކިޔާދެއްވާފައެވެ.

އިސްލާމިކް މިނިސްޓްރީއާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން ދީނީ އެކިއެކި މަޢުލޫތަކަށް ވާހަކަދެއްކުމާއި، ހޭލުންތެރިކަން އިތުރުކުރުމަށް ސިލްސިލާގޮތެއްގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

އަދި މި ސެޝަންތަކަކީ އިސްރަށްވެހިންގެ އެދުމުގެ މަތިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސެޝަންތަކެއްކަން ފާހަގަކޮށްލެވެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން