ޖިނާއީ ކުށްކުރުމުގެ ތެރޭގަ އުޅޭ ބިދޭސީންނާ ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނަން!: އިޙްޞާން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޖިނާއީ ކުށްކުރުމުގެ ތެރޭގަ އުޅޭ ބިދޭސީންނާ ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނަން!: އިޙްޞާން

އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވޭ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އައިސް އެބައުޅޭކަން ކްރިމިނަލް އޮގަނައިޒޭޝަންސްތަކުގެ ތެރޭގަވެސް. މާނައަކީ ޖިނާއީ ކުށްތަކަށް އަރައިގަތުމުގެ ތެރޭގަ އެބައުޅޭ! އަދި ރާއްޖޭގެ ތެރޭގަ މިހިރަ ބޮޑެތި އިޖުތިމާއީ މައްސަލަތަކަށް ކޮންޓްބިއުޓްކޮށްފަ އޮވޭ ޖިނާއީ ކަންކަމުގެތެރެއިން. މަސްތުވާތަކެތީ ވިއްކާ އޭގެ ވިޔަފާރި ކުރާ މީހުންއެބައުޅޭ. މި ފަހަކަށް އައިސް އަޅުގަނޑުމެންނަށް ފާހަގަ މިކުރެވެނީ ބިދޭސީން އަމިއްލައަށް ވިޔަފާރި ކުރުމަށްޓަކާ ތަންތަން ހަދައިގެން ދިވެއްސެއްގެ މަތީ ތަންތަން ރަޖިސްޓަރ ކޮށްގެން މިކަންކަމުގެ ތެރޭވެސް އުޅެމުންދާތަން.  

ސަރުކާރުގެ ފުރަތަމަ ސިޔާސަތަކީ ޖިނާއީ އެއްވެސް ކަމެއްގެ ތެރޭގަ އުޅޭ ބިދޭސީއެއް ކަމަށް ވެއްޖެއްޔާ ނުވަތަ އޭނާއަކީ މިދެންނެވިފަދައިން ޤަވާއިދާ ޚިލާފު ވިޔަފާރިއެއްގެ ތެރެއިން ވިޔަފާރި ކުރަމުން އަންނަ މީހެއް ވެއްޖެއްޔާ އެމީހާ ވަގުތުން އަޅުގަނޑުމެން ޑީޕޯޓްކުރާނަން. މިވަގުތު އެ ސިޔާސަތު މި ތަންފީޒު ކުރަމުން ދަނީ.  

- ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ އެހެނިހެން ފަރާތްތަކާއި ބައްދަލުކުރައްވައި މިނިސްޓްރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ  ޢަލީ އިހްޞާންގެ ވާހަކަފުޅުން

މިއަދު އޮންލައިން