ފާއިތުވި 9 މަސް: ކައުންސެލިން ބޭނުންވާ 139 ފަރާތަކަށް ޚިދުމަތް ދެވި، 400 އަށް ވުރެ ގިނަ ސެޝަން ނަގައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ފާއިތުވި 9 މަސް: ކައުންސެލިން ބޭނުންވާ 139 ފަރާތަކަށް ޚިދުމަތް ދެވި، 400 އަށް ވުރެ ގިނަ ސެޝަން ނަގައިފި!

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ ވުޒާރާއަށް ރިޕޯޓުކުރެވޭ ކޭސްތަކަށް ނަފްސާނީ އެހީތެރިކަމާއި ސައިކޮސޯޝަލް އެއްބާރުލުން ފޯރުކޮށްދިނުމެވެ. އެއާއެކު، ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފޯރޮކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުންވަނީ 139 ކްލައިންޓުންނަށް ޚިދުމަތް ފޯރުކޮށްދީފައެވެ.

ހަމަ އެއާއެކު ކައުންސެލިން، ޕޭރެންޓިން ސައިކޮސޯޝަލް ސަޕޯތު ހިމެނޭހެން ޖުމްލަ 431 ސެޝަން ވަނީ ނަންގަވައިދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުސެލިންގެ 275 ސެޝަން ނަގާފައިވާކަން ފާހަގަކޮށްލެވެ އެވެ. މި މުއްދަތުގައި ކައުންސެލިން ޑިޕާޓްމަންޓުން ނަންގަވައިދެއްވި ސެޝަންތަކުގައި 215 އަންހެން ކްލައިންޓުންނާއި 60 ފިރިހެން ކްލައިންޓުން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން، ބެލެނިވެރިކަމުގެ (ޕޭރެންޓިންގް) ސެޝަންގެ 82 ސެޝަނާއި، ސައިކޮސޯޝަލް ސަޕޯޓް ސެޝަންގެ 25 ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއާއެކު، ގޭގެއަށް ޒިޔާރަތްކޮށް ސައިކޮސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ 32 ކޭހަކަށް ވަނީ އެޓެންޑްވެފައެވެ. އަތޮޅުތެރޭގެ ރަށްތަކުގެ 17 ކޭހަކަށް ވަނީ އެޓެންޑް ކޮށްފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ މާލެ ސަރަހައްދާއި އަތޮޅުތެރެއިން ވެސް ހުށައެޅޭ ކޭސްތަކުގައި މަސައްކަތް ކުރަމުންނެވެ.

ސެޝަންސްތައް ނަގައިދިނުމުގެ އިތުރުން، ފާއިތުވި 9 މަސްތެރޭގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިންގް ސެކްޝަނުން ވަނީ 19 ތަމްރީނު ޕްރޮގްރާމެއްވެސް ހިންގާފައެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން