ބިދޭސީން އެތެރެކޮށް ޤަވާޢިދާ ޚިލާފަށް ކަންކަން ކުރަމުންދާ ފަރާތްތައް ބްލެކްލިސްޓް ކުރާނަން!: އިޙްޞާން

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 45ސ
ބިދޭސީން އެތެރެކޮށް ޤަވާޢިދާ ޚިލާފަށް ކަންކަން ކުރަމުންދާ ފަރާތްތައް ބްލެކްލިސްޓް ކުރާނަން!: އިޙްޞާން

މީގެ އިތުރުން ގާތްގަނޑަކަށް މުޅި ސިސްޓަމް ތެރެއަށް ބަލާލާއިރުގަ 50، 60 ވަރަކަށް ހާސް އެބައުޅޭ ވަޒީފާ ދޭ ފަރާތްތައް. އެއީ ވަކިވަކި ފަރުދުންނާ ކުންފުނިތަކާ އެކުގަ ހިމެނޭހެން. މީގެތެރެއިން 45000 އަށްވުރެ ގިނަ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުވެއްދައްކާ. ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކީމަ އެހިސާބުން އެ ގެނައި މީހާ އެހެރީ ގަވައިދާ ޚިލާފުވެފަ.  

އެހެންމަ މި މައްސަލައިގެ ފެށުމުގެ ތެރޭގަ އެބައުޅޭ. މި ނަންގަތީ އަޅުގަނޑުމެން ހުރިހާ ވަޒީފާދޭ ފަރާތްތައް ހިމެނޭހެން އެންމެން. އެހެންމަ މީގަ މި މައްސަލަ ހައްލުކުރަމުން ދާއިރުގަ މީގަ އެއްފްރަންޓަކީ މިކަމަށް އެޑްރެސް ކުރުން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު މީގެ ގާތްގަނޑަކަށް ދޮޅު މަހެއް ދެމަހެއްހާ ދުވަސްކުރިން އިޢިލާނެއް ކޮށްފަ އަޅުގަނޑުމެން ދަންނަވާފަވާނެ 1 މަސްދުވަސް ފަހުން ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކަތިބި ފަރާތްތައް އަޅުގަނޑުމެން އެ ނަންތައް ހާމަ ކުރާނެ ވާހަކަ. އޭގެ ޑޭޓް ހަމަވުމަށްފަހުގެ އޭގެވެސް 15 ދުވަސް ފަހުން އަޅުގަނޑުމެންވާނީ ލިސްޓެއް ޕަބްލިޝްކޮށްފަ. އެލިސްޓް ޕަބްލިޝް ކުރިފަހުން ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކާފަ ހުރިކަން އަޅުގަނޑު ފާހަގަކުރަން. އަދި ފައިސާ ދައްކަމުން ދާކަންވެސް ފާހަގަކުރަން.  

އެހެންނަމަވެސް، އަދިވެސް އަދަދުން ބަލާއިރުގަ ގާތްގަނޑަކަށް 15 ވަރަކަށް ކުންފުނި އެއްކޮށް ފައިސާ ދައްކާ ޚަލާސްކޮށްފަވަނީ. އެހެން ތަންތަނުގަ އެބަހުރި ހަމަ އާދަޔާ ޚިލާފަށް ބޮޑެތި ޕެންޑިންގް. މީގެން މި ދައްކުވައިދޭ އެއްކަމަކީ ގަވައިދާ ޚީލާފަށް ރާއްޖެއަށް މީހުން ގެނެސް މަގުމައްޗަށް ދޫކޮށްލާފަ ތިބި ކުންފުނިތައް އެބަތިބި މީގެ ތެރޭގަ. ގަވައިދާ ޚިލާފަށް ބައެއްފަރާތްތަކުން މީހުން އެތެރެކޮށް އެމީހުން އިންސާނީ ވަގުފާރީގެ ގޮތުގަ ބޭނުންކުރެވޭ ފަދަ ދިމާލަކަށް ދޫކޮށްލާފަ، މީހުންތަކަށް އަޅާނުލާ، އެހިސާބުން މި މައްސަލައިގަވެސް ތިމަންނަގެ ބޮލުގެރިހުން ކެނޑުނީކަމަށް ބަލައިގެންތިބޭ ތިބުމަކީ އޭގެ ޒާތުގަ ރަނގަޅަށް ވިޔަފާރި ކުރާ، ރަނގަޅަށް މީހުން ގެންގުޅެން ބޭނުންވާ މީހުންނަށް އަންނަ އުނދަގުލެއް. ސިސްޓަމް ތެރެއަށް ލާފަހުރި ހުރިހާ އުނދަގޫތައް ނުވަތަ ކޮންޓްރޯމެޝާސްތަކަކީ ކޮންމެވެސް މީހަކު ވައްކަން ކުރާތީ އޭނަ ހިފަހައްޓަން ލެވިގެން އުޅޭ ކޮންޓްރޯމެޝާސް. 

ޙަޤީގަތަކީ މީހަކު ވިޔަފާރިއެއް ކުރަން ބޭނުންވާކަމަށް ވެއްޖެއްޔާ އެމީހާ ބޭނުންވާ އަދަދަށް، ބޭނުންވާ ގޮތަކަށް މީހުން ތިބެންޖެހޭނެ. އެހެންނަމަވެސް މި އުނދަގޫތައް އައިއްސަ އޮތް ސަބަބަކީ ކޮންމެސް މީހަކު ވައްކަން ކުރަންފެށީ. ކޮންމެސް މީހަކު މީހުންތަކެއް އެތެރެކޮށްފަ މަގުމައްޗަށް ދޫކޮށްލަންފެށީ. ކޮންމެސް މީހަކު މީހުންތަކެއްގެ އަތުން 1000ން، 2000ން، 30000ން ޑޮލަރުތައް ނަގާފަ އޭނަ ގެނެސް ރާއްޖޭގެ ބޯޑަރުތެރެއަށް ދޫކޮށްލާފަ އޭނަ މަގުމަތި ކޮށްލީ. ކޮށްލީމަ އެތަންކޮޅު ހިމާޔަތްކުރަން ނުވަތަ ޕްރޮޓެކްޓު ކުރަން ދެން އެހެންނުވާނެ ގޮތަކަށް ހަދަންވެގެން ފިޔަވަޅެއް އަޅަނީ، އަނެއްކާ ފިޔަވަޅެއް އަޅަނީ، އަނެއްކާ ފިޔަވަޅެއް އަޅަނީ. އެޅީމަ ދެން މިހާރު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަން އުޅޭމީހާ ނުވަތަ އަލަށް ޕްރޮޖެކްޓެއް ފަށަން އުޅޭ މީހާ ނުވަތަ އަލަށް ފޮރިން ލޭބާރއެއް ގެންނަންއުޅޭ މީހާއަށް ބޮޑު އުނދގުލަކަށް ވެފަ މިއޮތީ އެކަންތައް.  

އެހެންމަ މީ ޤަބޫލުކުރަންޖެހޭ އެއް ޙަޤީގަތަކީ އަޅުގަނޑުމެން އެންމެންވެގެން ހަދާފައޮތް ނިޒާމެއް މިހާރު މިއޮތް ނިޒާމަކީ. އެހެންމަ އަޅުގަނޑުމެން މި ކުރަންއުޅޭ ކަމަކީ މި ފައިސާ ނުދައްކަ ތިބި ފަރާތްތައް އަޅުގަނޑުމެން ލިސްޓްއައުޓް ކޮށްގެން، ލިސްޓްގެ ތެރެއިން އައިޑެންޓިފައި މިކުރަނީ ސިސްޓަމެޓިކަލީ ކޮންބައެއްތޯ ރާއްޖެއަށް މީހުން އެތެރެކޮށް، އެމީހުން މަގުމައްޗަށް ދޫކޮށްލަމުން އެމީހުންނާ ދޭތެރޭ އިހުމާލުވަމުން މިދަނީ. އެމީހުން ސިސްޓަމުން ބްލެކްލިސްޓް ކުރުމަށްފަހުގައި އަޅުގަނޑުމެން އައިޑެންޓިފައި ކުރާނަން ރާއްޖޭގައި ޤަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް މީހުން އެތެރެކޮށް ރަނގަޅަށް ވިޔަފާރި ކުރަމުން އަންނަ، ރަނގަޅަށް މީހުން ގެންގުޅޭ މީހުންނަކީ ކޮބައިތޯ. އެމީހުންނަށް އަޅުގަނޑުމެން ސިސްޓަމްތެރެއިން ވައިޓް ލިސްޓް ކޮށްފަ އެމީހުންނަކީ ކުރިއަށް އޮތްތާންގަ އުނދަގުލެއް ނެތި ރާއްޖެއަށް އެ ބޭނުންވާވަރަށް ބިދޭސީން އެތެރެކުރެވޭ މީހުންކަމަށް އަޅުގަނޑުމެން ހަދާނަން. 

އަޅުގަނޑު ޤަބޫލުކުރަން މިތަންކޮޅު ސާފުވެއްޖެކަމަށް. މިސާލަކަށް 100 ބިދޭސީން ގެންގުޅޭމީހެއް. އޭނަ ބަރާބަރަށް މީހުންނަށް ލާރިވެސް ދައްކާ، ބަރާބަރަށް ދައުލަތުން އެދޭގޮތަށް އެމީހުންގެ މައުލޫމާތުތައްވެސް ބަލަހައްޓާ، މީހުންނާ ދޭތެރޭ އަޅާލާ، ދުވަހަކުވެސް ކޮމްޕްލެއިންތަކެއް އަޅުގަނޑުމެންނަކަށް ނާދެ. އެހެންވެއްޖެއްޔާ އެމީހާ ރެސްޓޯރެންޓެއް ހަދައިގެން ނުވަތަ އިމާރާތެއް އަޅަން އޭނަ ބޭނުންވަނީ 40 މީހުން ވެއްޖެއްޔާމު، އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ދައުލަތުގެ ފަރާތުން " ނޫނެކޭ، ތިބޭފުޅާއަށް ލިބެނީ 30 މީހުންނޭ " ބުނީމަކާ އެ ދިމަލެއް ނުވޭ އަސްލު. އެއީކީ ތާކުންތާކު ނުޖެހޭކަމެއް، އެމީހަކަށް އިނގޭނީ އެމީހަކު ވިޔަފާރިކުރަން ކިތައް މީހުންތޯ ބޭނުންވަނީ. އެމީހަކު ޑިސައިޑް ކުރާނީ އެމީހެއްގެ ލޭބަރފޯސްގެ ސައިޒަކީ ކިހާވަރެއްތޯ. އެކަމަކު މިހާރު މި ހެދިފައޮތް އުސޫލުތަކުގަ އަޅުގަނޑުމެން މި ނިންމަނީ ތިބޭފުޅުންނަށް ބޭނުންވަނީ ކިތައް މީހުންތޯ. އެއީކީ މިނިވަން ވިޔަފާރިކުރުމުގެ އުސޫލުތަކުގެތެރޭގަ އޮންނަކަމެއް ނޫން އަސްލު.  

އެހެންމަ އަޅުގަނޑުމެން ބޭނުން އެ އުސޫލައް އަނބުރާ ދާން. ރަނގަޅަށް ވިޔަފާރިކުރަން ބޭނުންވާ، މިނިވަންކޮށް ކުރަން ބޭނުންވާ މީހުންނަށް، އެ ބޭނުންވާ އަދަދަށް އެއްވެސް ރެސްޓްރިކްޝަނެއް ނެތި އުނދަގުލެއް ނެތި. އަޅުގަނޑުމެން ކަނޑައަޅާނީ މިންގަނޑުތަކެއް، އެމީހާ ބޭސްފަރުވާ މިގޮތަށް ހުންނަންޖެހޭނެ، އިންޝުއަރެންސް މިގޮތަށް ހުންނަންޖެހޭނެ، ނަގަންޖެހޭ ހުއްދަތަށް ހުންނަންޖެހޭނެ. މިވަރުން އަސްލު ދައުލަތަށް އިދާރާތަކަށްފުދޭ. 

އެހެންނަމަވެސް މީހުންތައް ކޮބައިތޯ، މީގެ ކޮޕީ ކޮބައިތޯ، މިވަރަށް މި ދާން ޖެހުނު ސަބަބަކީ މިދެންނެވިހެން އިހުމާލުތަކެއް ވަމުން ވަމުން އައިސް، ދިވެހިރާއްޖޭގައި މިއޮއް ބޮޑު އިޖްތިމާއީ މައްސަލަ މިހާރު މިއޮތް ހާލަތަށް އައުން، ދެން ހިނގާ އަޅުގަނޑުމެން އެންމެން އެއްބަސްވަމާ ހަމަ މި މައްސަލަ މި ލެވެލްގަ މިވަގުތު އެބައޮތްކަން ފުރަތަމަ ކަމަކަށް. ދެވަނަ ކަމަކަށް އަޅުގަނޑުމެން މިއަށް ހައްލެއް ގެންނަން ޖެހޭކަން. ތިންވަނަ ކަމަކަށް އަޅުގަނޑުމެންގެ އީޒްނެސް ލިބެންޖެހޭކަން ބިދޭސީން ރާއްޖެއަށް ގެނެސް އެމީހުން ލައްވާ މަސެއްކަތްކުރުމުގެ މި ޕްރޮސެސް. 

ކިހާ ޓައިމެއްތޯ މިކަމަށް ނަގާނީ. އަޅުގަނޑުމެން މިހާރު ރާވާފައިން ގޮތުން ވެއްޖެއްޔާމު ގާތްގަނޑަކަށް އަޅުގަނޑުމެން މި ބަލަނީ 3 އަހަރު ތެރޭގަ މުޅި މައްސަލައަށް ހައްލެއް އަޅުގަނޑުމެންނަށް ގެނެވޭނެކަމަށް. މުޅި މައްސަލައަށް ހައްލު ގެންނައިރުގަ ފުރަތަމަ މި ކުރަމުންދާކަމަކީ 1 އަހަރުދުވަހުގެ ތެރޭގަ 100 ޕަސެންޓް ހުރިހާ ބިދޭސީން އައިޑެންޓިފައި ކުރުމުގެ މަސެއްކަތް، އެމީހުންގެ ފިންގަރ ޕްރިންޓް ނަގާ، އެމީހުންގެ ފޭސްތައް ރިކޮގްނައިޒް ކުރެވޭ ކަހަލަ ސޮފްޓްވެއަރ އަކުން ފޭސް ރިކޮގްނައިޒް ކުރެވޭ ކަހަލަ ފޮޓޯއެއް ނަގާފަ ސިސްޓަމަށް އަޕްޑޭޓް ކުރުން. މީ ފުރަތަމަ ފޭސްގެ މަސެއްކަތް މިހާރު ފެށިގެން ކުރިއަށް ދަނީ.  

ދެވަނަ ފޭސްގަ އަޅުގަނޑުމެން ކުރާނެ މަސެއްކަތަކީ، ފުރަތަމަ ފޭސް ނިންމާފައެއް ނޫން ދެވަނަ ފޭސް ފަށަނީކީ. ދެވަނަ ފޭސްގަ ދާނެ މަސެއްކަތަކީ މީހުން ރެގިއުލަރޭޒް ކުރުމުގެ މަސެއްކަތް. މާނައަކީ އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއިން އައިޑީ ކުރެވޭ މީހުން، މިހާރު އެމީހުން ތިބީ ޤަވާއިދާ ޚިލާފަށް، އެހެންނަމަވެސް އެމީހުން ޤަވާއިދުގެ ތެރެއަށް ގެންނަން، މިސާލަކަށް ކޮންސްޓްރަކްޝަން ކުންފުންޏަކުން އެބަ ގެންގުޅޭ 40 މީހުން. އެމީހުން އަތުގަ ނެތް ވެލިޑް ޕާމިޓްއެއް. އެހެންވެއްޖެއްޔާ އަޅުގަނޑުމެން، އެމީހުން ވެދާނެ ކުރިން އެހެން ކުންފުންޏަކުން ގެނެއްސަ މިސިންގ އަށް ލާފަ ތިބި މީހުންކަމަށްވެސް. އެހެންވެއްޖެއްޔާ އަޅުގަނޑުމެން ލޭބަރ ރިލޭޝަންސް އޮތޯރިޓީ ތްރޫކޮށް ތަންކޮޅެއް އަވަސް މެކޭނިޒަމް އެއް ޤާއިމްކޮށްދޭނަން އެމީހުންގެ ވެލިޑިޓީ އިސްޓެބްލިޝްކޮށްފަ އޭގެތެރެއިން ރަނގަޅަށް އެ ކުންފުންޏަށް ޓްރާންސްފަރ ކުރެވޭނެ މީހުން ޓްރާންސްފަރ ކުރެވޭނެ މަގު. ވަކި ވިންޑޯއެއްގެތެރޭގަ ހަދާފަ ޓްރާންސްފަރ ކުރެވޭ ގޮތަށް. އަޅުގަނޑުމެން، އަޅުގަނޑުމެންގެ މިހާރު ހެދިފަ މިހަރަ އުސޫލުތަކާ ޤަވާއިދުތައް ބަދަލުކުރާނެ އެކަން ފެސިލިޓޭޓް ކުރުމަށްޓަކާ. އެދުވަހުން ފެށިގެން އެ 50 މީހުންނަކީ އާ ކުންފުނީގެ ތެރޭގަ ރަނގަޅަށް މަސެއްކަތް ކުރެވޭނެ މީހުންކަމަށް އަޅުގަނޑުމެން ހަދާދޭނަން. އެހެންމަ އެއީ އޭގެ ދެވަނަ ފޭސް. ހަމައެއާ އެއްކޮށް ވޮލަންޓަރީކޮށް ރާއްޖެ ދޫކޮށް ދާން ބޭނުންވާ މީހުންނަށް އަޅުގަނޑުމެން އެފުރުސަތުވެސް ހުޅުވާލަން. ހުޅުވާލާފަ އެމީހުންނަށް މިހާރު ހުރި ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން އެމީހުން ޓިކެޓް އައުޓްކޮށްފަ ރާއްޖޭނެ ބޭރުކުރެވޭނެ މަގު ހޯދައިދޭނަން.  

- ރާއްޖޭގައި ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ އެހެނިހެން ފަރާތްތަކާއި ބައްދަލުކުރައްވައި މިނިސްޓްރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ  ޢަލީ އިހްޞާންގެ ވާހަކަފުޅުން.

މިއަދު އޮންލައިން