ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިގެން އިސްތިޚާރާ ކުރުމަކީ ދެމަފިރިންގެ ގުޅުން ކަނޑާލަން ޖެހެންވީ ސަބަބެއް ނޫން! ރަނގަޅީ އެކުގަ އުޅެމުން އިސްތިޚާރާ ކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިގެން އިސްތިޚާރާ ކުރުމަކީ ދެމަފިރިންގެ ގުޅުން ކަނޑާލަން ޖެހެންވީ ސަބަބެއް ނޫން! ރަނގަޅީ އެކުގަ އުޅެމުން އިސްތިޚާރާ ކުރުން!

މިހާރަކަށް އައިސް ހޭލުންތެރިކަން އިތުރުވެ ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުނަސް ވަޤުތުން ކައިވެނި ރޫޅާނުލައި ގިނަ ބައަކު އިސްތީޚާރާކުރެއެވެ. އެއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ.

ނަމަވެސް މައްސަލައެއް އެބަ ކުރިމަތިވެއެވެ. އެއީ ބައެއް މީހުންނަށް ނުއެނގޭތީ އިސްތިޚާރާ ކުރާއިރު ދެމީހުން ވަކިވެގެން ތިބޭކަމެވެ. އެގޮތުން އެއްގެއެއްގައި ހިލޭ މީހުންގެ ގޮތުގައިވެސް އެބަ އުޅެއެވެ. އަދި ދެމީހުން 2 ގޭގައިވެސް އެބައުޅެއެވެ. މިއީ އެކަން ކުރަން އޮތެއް އޮތްގޮތެއް ނޫނެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެކުގައި އުޅެމުން އިސްތިޚާރާކުރާނަމަ އެކަމުގެ ފައިދާ ބޮޑުވާނެ ކަމަށެވެ. އެގޮތުން އެކަމުގައި އޮތް ރަނގަޅު ގޮތް ވިސްނެން އިތުރަށް މަގުފަހިވުމަކީވެސް މެދުވެރިވުން ގާތް ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދއިންނެވެ.

ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހިގެން ދެމަފިރިން އެކުގައި ދިރިއުޅުމާއިމެދު ގޮތެއް ނިންމަން އިސްތިޚާރާ ކުރުމަކީ ދެމަފިރިން ދުރުގައި ތިބެން ޖެހޭ ސަބަބެއް ނޫނެވެ.

ދެމަފަރިން ރީތިކޮށް އެކުގައި އުޅެމުން އިސްތިޚާރާ ކުރާށެވެ! ދެމަފިރިން އެކުގައި އުޅެމުން އިސްތިޚާރާ ކުރުމަކީ އިސްތިޚާރާއަށް އެއްވެސް ބަދަލެއް އަންނާނެ ސަބަބެއް ނޫނެވެ! އެކަމުގައި އޮތް ރަނގަޅު ގޮތަކަށް މަގުދައްކަވާނެތެވެ! އިން ޝާ ﷲ

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން