ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އޮތީ ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރުމެވެ. ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަ ނުވެ ހުރެ ތިމާގެ ޙަޔާތަށް ހެޔޮ ބަދަލުތައް ގެނެސް ދެއްވަވައި ކުރިއެރުމާއި ކާމިޔާބީއަށް އެދި ދުޢާ ކުރުމަކީ ރަނގަޅު ނޫން ވިސްނުމެއްގެދަށުން ކުރެވޭ ކަމެކެވެ.
ޝައިޠޯނާގެ ބަހަށް ކިތަންމެ ވަރަކަށް ހެއްލުނު ނަމަވެސް ތިބާއަށް ކުރިމަތިވެފައިވާ ދަތިޙާލުން ސަލާމަތްކޮށްދޭން ޝައިޠޯނާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ދަތިތަކާއި މުޞިބާތްތަކުން ސަލާމަތްކޮށްދެއްވެވޭނީ އެކަންކަން މިންވަރު ކުރެއްވެވި ﷲ ތަޢާލާއަށެވެ! ވީމާ ކޮންމެ ފަދަ ދަތި ޙާލަތެއް ކުރިމަތިވި ނަމަވެސް ﷲ ތަޢާލާގެ މަގަށް އެނބުރި ރުޖޫޢަވާށެވެ!
އިންސާނުންނަށް އޮތީ ދަތި އުނދަގޫ ޙާލަތުގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ތައުބާވުން ގިނަކޮށް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ތިބާއަށް ކުރިމަތިވެފައިވާ ދަތިކަމެއްގެ ސަބަބުން ޝައިޠާނާ ތިބާގެ މަގު ބަދަލުކުރުވިއަ ނުދޭށެވެ!
--މުފްތީ މެންކް