އީމާންކަމުގަ ޘާބިތުވެ ހުރެވޭވަރު އެނގޭނެ 5 ކަންތައް- އަބަދުވެސް ފާރަވެރިވާންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އީމާންކަމުގަ ޘާބިތުވެ ހުރެވޭވަރު އެނގޭނެ 5 ކަންތައް- އަބަދުވެސް ފާރަވެރިވާންވާނެ!

ތިމާގެ ހިތުގައި އީމާންކަން އޮންނަ މިންވަރު ނުވަތަ އީމާންކަމުގައި ޘާބިތުވެ ހުރެވޭ މިންވަރު ދެނެގަންނަން އަބަދުވެސް މަސައްކަތްކުރަންވާނެއެވެ. އެހެނީ ކިތަންމެ ބޮޑަށް ތަޤްވާވެރިވާން މަސައްކަތްކުރި ނަމަވެސް ހިތުގައި އީމާންކަން އޮންނަ މިނަވަރަށް އަބަދުވެސް ބަދަލުތަކެއް އަންނާނެއެވެ. އީމާންކަންމަތީގައި ޘާބިތުވެހުރެވޭނީ އަންނަ ބަދަލުތައް ދެނެގަންނަން މަސައްކަތްކުރުމުންނެވެ. 

އެކަން ފާހަގަކުރައްވައި ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. 

1- ފާފަތަކަށް ތިބާކުރާ ހިތާމަ، 2- ދެއްކުންތެރިކަމަށް ތިބާގަންނަ ބިރު، 3- މުނާފިޤުކަމަށް ތިބާކުރާ ނަފުރަތު، 4- ހެޔޮޢަމަލުތައް މަދުވުމުން ތިބާދެރަވާ ދެރަވުން، 5- ހެޔޮކަންތައް ގިނަކުރަން ތިބާއެދޭ އެދުން، 

މި 5 ކަމަކީ ތިބާގެ ހިތުގައި އީމާންކަން ވާކަމުގެ ޢަލާމާތްތައކެވެ. މާޔޫސްނުވެ ޙަޔާތަށް ހެޔޮބަދަލުގެންނަން މަސައްކަތްކުރާށެވެ! 

މާނައަކީ މިކަންކަމުން ތިމާއަށް ކުރާ އަސަރު ދެނެގަނެ ކުރާ އަސަރު ކުޑަވާނަމަ ހިތުގައި އީމާންކަން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރަންވާނެއެވެ. އަޅުކަން ކުރުމަށް ސަމާލުކަންދެވޭނީވެސް އަދި ފާފަކުރަން ބިރުވެތިވެވޭނީވެސް ހިތުގައި އީމާންކަން ވަރުގަދަވި ވަރަކަށް ކަމުގައިވާތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން