"ސުލެއިމާނިޔެ މޯލްޑިވްސް" ޖަމްޢިއްޔާ އުވާލަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
"ސުލެއިމާނިޔެ މޯލްޑިވްސް" ޖަމްޢިއްޔާ އުވާލަން ނިންމައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓް އިން ނެރުނު އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި "ސުލެއިމާނިޔެ މޯލްޑިވްސް" ޖަމްޢިއްޔާ އުވާލަން ނިންމައިފިއެވެ.

މި ޖަމްޢިއްޔާ އުވާލުމަށް ނިންމާފައިވަނީ މަދަނީ ޖަމްޢިޔާތަކާބެހޭ ޤާނޫނު 3/2022 ގެ 67 ވަނަ މާއްދާގެ (ހ)ގެ ދަށުން ރަޖިސްޓްރާރަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. މިގޮތަށް ނިންމާފައިވަނީ ރަޖިސްޓްރާރ އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ޖަމްޢިއްޔާއިން ޢަމަލުކޮށްފައިނުވާތީއެވެ.

މިނިސްޓްރީން އަންގާފައިވާ ގޮތުގައި މި ޖަމްޢިއްޔާއިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެ ޖަމްޢިއްޔާއާ ދެކޮޅަށް ދަޢުވާއެއް އޮތްނަމަ، 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އީމެއިލްއަށް އެކަން އަންގަން ޖެހޭނެއެވެ.

 

މިއަދު އޮންލައިން