ޑރ. މަރްޔަމް މާރިޔާ ޗައިނާގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޑރ. މަރްޔަމް މާރިޔާ ޗައިނާގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވަނީ ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ.

މި މަހުގެ 16 ވަނަ ދުވަހު ފެށުނު މި ދަތުރުފުޅަކީ ބެއިޖިން ނޯމަލް ޔުނިވާސިޓީ އަދި ޔުނެސްކޯގެ ދަޢުވަތަކަށް ޗައިނާއަށް ކުރެއްވި ދަތުރުފުޅެކެވެ. ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގައި ބޭއްވުނު މި ބައްދަލުވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި 'ސްމާޓް ލާރނިންގ" ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި އެކަމަނާގެ ޕީއޭގެ އިތުރުން، ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ ވައިސް ޑީން އަދި ކުރީގެ ކޮމަންވެލްތް ޕްރެޒިޑެންޓް އަދި ޕްރޮފެސަރ އަޝާ ސ. ކަންވަރް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ވަނީ ބޭރުގެ އެކި ޔުނިވާސިޓީތަކާއި މުއައްސަސާތަކާ ގުޅިގެން ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުމާއި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފާހަގަކޮށްފައެވެ.

މިއަދު އޮންލައިން