ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ތިންގައުމަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕްތަކެއް ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ތިންގައުމަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕްތަކެއް ހުޅުވާލައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ޕާކިސްތާނު، ޖޯޑަން އަދި ދެކުނު ކޮރެޔާގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

މި ފުރުސަތުގެ ދަށުން ޕާކިސްތާނުގެ ގިފްޓް ޔުނިވަރސިޓީގައި ކޮމްޕިއުޓަރ ސައިންސް، ސައިކޮލޮޖީ އަދި އިކޮނޮމިކްސް ފަދަ ދާއިރާތަކުން އެކި ލެވެލްގެ ކޯސްތައް ފުރިހަމަކުރެވޭނެއެވެ. މި ސްކޮލަރޝިޕްގެ އިތުރު މަޢުލޫމާތު ގިފްޓް ޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޮގަސްޓް 30 ވާ ހުކުރު ދުވަހެވެ.

މީގެ އިތުރުން، 2024-2025 އެކަޑަމިކް އަހަރަށް ޖޯޑަންގެ ޔުނިވަރސިޓީތަކުގައި ކިޔެވުމަށް ޝައުޤުވެރިވާ ބޭރުގެ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމަށް ޚާއްޞަ އޮންލައިން ސިސްޓަމެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ސިސްޓަމް މެދުވެރިކޮށް ޖޯޑަންގެ ޔުނިވަރސިޓީތަކުން ދޭ ސްކޮލަރޝިޕްތަކަށް ހުށަހެޅޭނެއެވެ.

މި ފުރުސަތުތަކަކީ ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތުތަކެކެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިނިސްޓްރީން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން